ދޮގުވާހަކަ ފެތުރުމަކީ މީހުން މެރުމަށްވުރެ ނުބައިކަން ބޮޑުކަމެއް: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ފެތުރުމަކީ މީހުން މެރުމަށް ވުރެވެސް ނުބައިކަން ބޮޑު ކަމެެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމަށް ޚާއްސަ ކޮށްގެން މިއަދު ދިން ހުކުރު ޚުތުބާގައި ވަނީ މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސް ބުނުމަށް ކަން ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ އިސްލާމް ދީނުގައި ދޮގުހެދުން ހަރާމް ކުރައްވާފައިވާ އިރު އެކަމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުތުބާގައި  އަލިއަޅުއްވާއިލެއްވި އެވެ.

”ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ރަސްކަލާންގެ ވަނީ ދޮގު ހެދުން ހަރާމް ކުރައްވައިފަ އެވެ. މާތް ރަސްކަލާނގެ ވަނީ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވަނީ ހަރާމް ކުރައްވައިފައެވެ.“ ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ހައްގުގެ މަގަށް މަގުދައްކައި އިސްލާހު ކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރި ކުރައްވާ ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށާއި ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ އެ މީހުންގެ ނުބައިކަން ދުނިޔެއަށް އާއްމުވެގެން ގޮސް މީސްތަކުންގެ މަސްލަހަތު ގެއްލިދާނެ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވަނީ ދުނިޔަވީ ހަޔާތަކީ ހެވާއި ނުބަޔާ ދެމެދުގައި ކުރެވޭ މެދުކެނޑުމެއް ނެތް ހަނގުރާމައެއް ކަމުގައެވެ. ގިޔާމަތަށް ދާންދެން މި އަރާރުންތައް ކުރިއަށް ދާނެއެވެ. އެއީ މާތް ﷲ ގެ ހިކުމަތްފުޅެއް ކަމަށް ބުނެފައިވެއެވެ.

މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ގަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށާއި ދޮގު ޚަބަރު ފެތުރުމަކީ ހައްގު އޮޅުވާލުން ކަމާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ކަަމަށާއި މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top