”އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށް.“

1593419169large.jpeg

ޑރ.ޖަމީލް

އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރި އުޅުން ބޮޑު ވޭނަކަށް ވެގެން ދާކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އްޖެއެވެ.

ޑރ.ޖަމީލްގެ ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ މި ސަރުކާރުއައިފަހުން ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާއި ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީއާއި ދަޢުލަތަށް ލިބޭ ޢާމްދަނީއަށްވުރެ ކުރާ ޚަރަދު ބޮޑުވުމާއި މިފަދަ މިފަދަ ކަންކަމާއި ގުޅިގެންނެވެ.

ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލައްކަދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

“ދިވެހިންނަށް ރަނގަޅީ ބްރިޖު އަޅާ، ތަރައްގީކޮށް، ބައެއްގެ ފައިބުނޑަށް ނުވެއްޓުން” ޖަމީލު ވިދާޅުވިއެވެ.

މި ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް ކަމަށާއި މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ނުދާވަރަށް ދަށަށްގޮސް އެތައްބަޔަކު ހާލުގަ ޖެހޭނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

“ވަކި ބަޔަކަށް، ފަރުދަކަށް ވުރެ ގައުމު ބޮޑުވާނެ” ޖަމީލު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top