މިފްކޯއިން މަސްގަންނަ އަގު އަނެއްކާވެސް ދަށްކޮށްފި.

Maskirun-1024x575-1.jpg

ފޮޓޯ : މަސްވެރިން

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން އަނެއްކާވެސް ދަށްކޮށްފި އެވެ.

މިފްކޯއިން އެންމެ ފަހުން މަހުގެ އަގު ދަށް ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށް އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަ އަގަކަށް 18 ރުފިޔާ ހަމަޖެއްސި އެވެ.

މިފްކޯއިން މިއަދު އަގަށް ގެނައި ބަދަލާއި އެކު މިފްކޯގެ ކާރުހާނާ ތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށް ކަމަށާ 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު އަނެއްކާވެސް ދަށްކުރީ ދުނިޔޭގެ ބާޒާރު ތަކުގައިވެސް މަހުގެ އަގު ދަށްވުމާއި ގުޅިގެން ކަމަށެވެ.

މަސްގަންނަ އަގު ދަށްވުމާއި ގުޅިގެން މަސްވެރިން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top