މާދަމާއިން ފެށިގެން އޭދަފުށީގައި ކާފިއު ހިންގާނީ ހަތްގަޑިއރު

DSCN9842-ެެ.jpg

ކޮވިޑް 19 އާއި ގުޅިގެން މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުގައި ރޭގަނޑު 9 ން ފަތިހު 4 އާއި ދެމެދު ކާފިއު ހިންގުމަށް އެޗްޕީއޭއިން މިއަދު ނިންމެވުމާ ގުޅިގެން މިހާރު 12 ގަޑިއިރަށް ކާފިއު ހިންގާފައިވާ އޭދަފުއްޓާމެދު ވެސް އަމަލު ކުރަމުން ގެންދާނީ އެއުސޫލުން ކަމަށް އެޗްޕީއޭ އިން ބުނެފި އެެވެ.

އޭދަފުށީގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ރަށް މޮނީޓަރަށް ލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 19 ގައެވެ.

މިއަދު އެޗްޕީއޭއިން ނެރުނު އެންގެވުމުގައިވާ ގޮތުން އޭދަފުށީގެ ކާފިއު ގަޑިވެސް ބަދަލުވެގެންދާނީ 7 ގަޑި އިރަށެވެ. އެއީ ރޭގަނޑު 9ން ފަތިހު 4 އަށެވެ.

ކާފިއު ވަގުތު އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top