ވައިބާރުވެ އުދަ އަރާފާނެ. އުތުރަށް ޔެލޯއެލާޓް!

IMG_20210513_100044540.jpg

ވައިބާރުވެ އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ބުނީ މި ސަރަހައްދުތަކަށް 28 މޭލާޢި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވެ، އުދަ އަރާފާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މިއަދާއި މާދަމާވެސް އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާ ކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 ފޫޓާއި 8 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުންބުނެއެވެ.

އެހްންކަމުން ހާއްސަކޮށް ކަނޑުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top