ކަރަންޓު ބިލުން 40 ޕަސެންޓް، ފެން ބިލުން 30ޕަސެންޓްގެ ޑިސްކައުންޓެއް

Raees-Ibrahim-Mohamed-Solih-1024x683-o6sh9xd52hfkdvcqt6f8e3cb9qujag0y33ke73jka8-1.jpg

ކޮވިޑް19އާއިގުޅިގެން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން އަންނަ މަހު ކަރަންތު ބިލުން 40 ޕަސެންޓު، ފެންބިލުން 30 ފަސެންޓުގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ ، ކޮވިޑް ހާލަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޭ ރައީސް އޮފީހުގައި އޮންލައިން ކޮށް ބޭއްވި ބައްދަލު ވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ގެތަކަށް ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓް އަދި ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ.

ހަމަ އެއާއެކު ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުންވެސް ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ނިންމާފައިވަނީ 20 ޕަސެންޓެވެ.

ކޮވިޑް ފުރަތަމަ ރާއްޖެއަށް ފެތުރިގަތް އިރު، ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި އޭރު ވިޔަފަރިތަކަށް ލޯނު ދޫކުރި އެވެ. ރައީސް ވިދާޅުވީ، މިއަހަރުވެސް ކޮވިޑް ރިލީފް ލޯނު ދުކުރާން ފަށާނެ ކަމަށެވެ.

ކޮވިޑް ބަލި މިހާ ބޮޑަށް ފެތުރިގަތީ އެޕްރީލް މަހު ދިން ލުއިތަކުގެ ސަބަބުން ކަން މިރޭ ރައީސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް، އެޕްރީލް މަހު ސަރުކާރުން ގިނަ ލުއިތަކެއް ދިނެވެ. އެގޮތުން، ހެސްކިޔާފައި ކޮވިޑް އޮތް މާލެއިން ރަށްރަށަށް ކަރަންޓީނާ ނުލާ މީހުން ދިޔުމަށް ފުރުސަތު ދިނުމަކީ ރަށްރަށުގައި ކޮވިޑް ފެތުރިގެން ދިއުމުގެ އެއް ސަބަބަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 50،000 އަށް ވުރެ މަތިވެފައި ވާއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 130 އަށްވުރެ އިތުރުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top