ދިރާގު އިންޓަނެޓް ޕެކެޖްތަކަށް ހެޔޮ ބަދަލަކާއެކު އިތުރު ޑޭޓާ އާއި ސްޕީޑް

281388_3_565ad4ffdea5aed5daa717928c65933d938f0193_medium.jpg

ދިރާގު ބްރޯޑްބޭންޑް އިންޓަނެޓު ޕެކޭޖް ތަކަށް ، އިތުރު ޑޭޓާ އާއި ސްޕީޑް ލިބޭގޮތަށް ހެޔޮ ބަދަލު ތަކެއް ގެނެސްފިއެވެ.

އެގޮތުން ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އާއި ރަނގަޅު ސްޕީޑްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސާ ވިދާޅުވީ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށެވެ. އަދި މި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހުފީ އިން 21-41 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންކަމުން، ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރަން،” މަހުމޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ދިރާގުން ބުނީ ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ދިރާގުން ގަސްތުކުރީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ގޭބިސީގެ 76 ޕަސެންޓަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ލިބޭއިރު އަލަށް ގެނައި ބަދަލާ އެކު 16 ރަށެއްގައި މިހާރު ދިރާގުން ވަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top