ބޯޑަރު ހުޅުވާލި ފަހުން ޚިދުމަތް ދެމުން ގެންދަނީ61 ރިސޯޓުގައި

under-water-restaurant-anantara-kihavah-villas-maldives-hotel-luxury-resort-island.jpg

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށްރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓް

ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ވައިގެ ބަނދަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ މަހުގެ 15 ގައިހުޅުވާލި ފަހުން އިއްޔެއާއި ހަމައަށް ރާއްޖޭގައި ޚިދުމަތް ދެމުން ގެންދަނީ 61 ރިސޯޓުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އައިއިރު ޓޫރިޒަމް މިނިސްޓްރީން ބުނީ އޭގެތެރެއިން މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށާފައިވަނީ 61 ރިސޯޓަކުން ކަމަށެވެ.

މީގެއިތުރުން ބ. އަތޮޅުގައި ހިންގާ، އަމިއްލަފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލްގެ އިތުރުން ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިންގައި ވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ އެވެ. އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓުވެސް  ކުރާނެ އެވެ.

އަދި ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ ކަމަށާއި މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރެންޑަމްކޮށް ވެސް ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top