އެމްޑީޕީގެ އިސްބޭފުޅެއްކަމަށްވާ ރަނިކަ ރިޒާ ޕީޕީއެމަށް

ރަނިކަ ރިޒާ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ނައުރީފް

ރަނިކަ ރިޒާ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ނައުރީފް

އެމްޑީޕީގެ އޭދަފުށީގެ ކަންކަމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރި މުހައްމަދު ރިޒާ (ރަނިކަ ބޮޑޭ) ޕީޕީއެމްއާ ގުޅިއްޖެއެވެ.
ރިޒާ ޕީޕީއެމް އާ ގުޅުނީ ރޭގެ ވަގުތެއްގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ހާޒިރުގައެވެ.
މިބައްދަލުވުމުގައި ރިޒާ ބުނީ އެމްޑީޕީ ނެތި ދިޔުމުގެ ބިރު ހީވާކަމަށާ، މިހާރު އެންމެ ރަގަޅު ގޮތަކީ ރައްޓެހިންނާ އާއިލާގެ އެހެންމެންބަރުން ތިބިގޮތަށް ޕީޕީއެމްއާއެކު ހުރުން ކަމަށެވެ.
ރިޒާ ބުނީ އެމްޑީޕީގެ ވެރިކަމުގައި އޭދަފުއްޓަޢް ތަރައްޤީގެ އެއްވެސް ކަމެއް ކޮށްދީފައި ނުވުން އެއީ އެމްޑީޕީން ވަކިވާން ޖެހުނު މައިގަނޑު އެއް ސަބަބުކަމަށެވެ. އަދި އޭދަފުއްޓަށް ތަރައްޤީ ލިބޭނީ ޕީޕީއެމް އާ ގުޅިފައިވާ ކޯލިޝަނުން އުފެދިފައިވާ ސަރުކާރުންކަން ގަބޫލް ކުރާކަމަށްވެސް އޭނާ ބުންޏެވެ. އަދި މައުމޫން މިއޭދަފުއްޓަށް ކޮށްދެއްވާފައި ހުރި އަގުހުރި މަސައްކަތްތަކަށް ރިޒާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މަޖިލިސް އިންތިހާބުގެ ވޯޓާ ދިމާކޮށް ރިޒާ ޕީޕީއެމަށް ސޮއިކުރިއިރު އޭދަފުށި ދާއިރާގައި ކުރިން އެމްޑީޕީގެ ފިކުރުގައި މަސައްކަތްކުރި ބައެއް އިސްފަރާތްތައް ޕީޕީއެމް ކެންޑިޑޭޓް އަހްމަދު ސަލީމްގެ ފަހަތުން ފެންނަމުންދާކަން ފާހަގަކުރެވެއެވެ.
އަދި އޭދަފުށީގެ އެމްޑީޕީ ވޯޓްތަކުގެތެރެއިން މަދުވެގެން ސަތޭކައެއްހާވޯޓް ސަލީމަށް ލިބޭނެކަމަށް ސަލީމް ކެންޕޭން އޮފީހުންވެސް ވަނީ ބުނެފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top