ކުރެފިދެކެ ބިރުގަނޭތަ؟

A-Powerful-Homemade-Recipe-That-Makes-All-The-Mosquitoes-and-Cockroaches-Fall-Dead-Immediately.jpg

ގޭތެރޭގައި ކުރެފި ،މަދިރި ފަދަ ތަކެތި އުޅުމަކީ އެއްވެސް މީހަކު ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް މިބާވަތުގެ ސޫފިތައް ދިރި އުޅޭ އެއްތަނަކީ ދިރިއުޅޭ ގޭތެރޭގައެވެ. މީގެ ސަބަބުން ގޭތެރެއާއި ބަދިގެ ތެރޭގައި ހުންނަ ކަބަޑްތަކުގެ އެތެރެ މުޑުދާރުވެ ވަސް ނުބައިވެ ބައެއް ފަހަރު ބަލިތަކަށް ހުށަހެޅޭ ގޮތް ވެސް ދިމާވެއެވެ.  އެހެންކަމަށް ވިޔަސް  މިބާވަތުގެ ސޫފި މުޅިން ނައްތާލުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ގޭތެރޭގެ އާއްމުސާފުތާހިރުކަން އިތުރުކޮށް ގޭތެރެއާއި ބަދިގެތެރޭގައި ހުންނަ ކަބަޑްތައް ޚާއްސަ ރޫޓިން އެއްގެ ދަށުން ސާފުކުރާނަމަ ކުރެފި ގިނަވުމުގެ ފުރުސަތު ކުޑަވާނެއެވެ.

މަދިރިއާ ކުރެފިފަދަ ތަކެތި ނައްތާލުމަށް ޒަމާނުސުރެން ފެށިގެން ގެންގުޅެނީ ވަގުތީ ހައްލެކެވެ. ހިޓް ސްޕްރޭ ، މަދިރި ދުންދަނޑި އަދި ކުރެފި ޗޯކް ފަދަ ތަކެއްޗަކީ އާއްމުކޮށް ބޭނުންކޮށް އުޅޭ އެއްޗިއްސެވެ.

މިބާވަތުގެ ސޫފިތައް ނައްތާލުމަށް ބޭނުންކުރާ ފާޑުފާޑުގެ ސްޕްރޭއާއި ލޯޝަން އަދި ޗޯކް ފަދަ ތަކެތި ބާޒާރުގައި ވިއްކަން ހުރެއެވެ. އެކަމަކު މިއިން ކޮންމެ އެއްޗަކުންވެސް ލިބެނީ ވަގުތީ ހައްލެކެވެ. އޭގެ ވަސް  ދިއުމުން އަނެއްކާވެސް އާލާ ވާން ފަށައެވެ. މީގެ އިތުރުން މިއިން ކޮންމެ އެއްޗެއް ބޭނުންކުރި ނަމަވެސް އޭގައި ސައިޑް އިފެކްޓް ހުންނާތީ މިއީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށް ސިއްހީމާހިރުން ބުނެއެވެ.

އޭގެ ބަދަލުގައި ސިއްހަތަށް ގެއްލުމެއް ނުލިބޭ އަދި ސައިޑްއިފެކްޓެއް ނެތް ގޮތަށް ވެސް ހިޓްސްޕްރޭއާއި ޝެލްޓޮކްސް ފަދަ ބާރުގަދަ ބޭހާ އެއްވަރުގެ އިފެކްޓް ހުރި “ބޭހެއް” ގޭތެރޭގައި ތައްޔާރު ކުރެވިދާނެއެވެ. އަންނަނިވި ފޮޅުވަތް ތަކުގައި އެވަނީ މިގޮތުން  އަމިއްލައަށް ތައްޔާރު ކުރެވިދާނެ ސްޕްރޭ އެކެވެ.

ބޭނުންވާ ތަކެތި

ބައި ޖޯޑު ތަރުކާރީ ތެޔޮ

ބައި ޖޯޑު ޝޭމްޕޫ

ބައި ޖޯޑު ނެޗުރަލް ވިނިގަރ

ރީތިކޮށް މި ތިން ބައި އެއެެްްކޮށްލުމަށް ފަހު މިކްޗަރަށް އަޅައިގެން ގިރާލާށެވެ. ދެން ސްޕްރޭ ކުރެވޭކަހަލަ ފުޅިއަކަށް އަޅައިގެން ސްޕްރޭ ކުރާށެވެ. ކުރެފި އުޅޭ ތަނަތަނުގެ އިތުރުން މަދިރި އުޅޭތަނަތަނަށް ސްޕްރޭ ކޮށް ލުމުން އިސާހިތަކު މިތަކެތީގެ އުނދަގުލުން ސަލާމަތް ވެދާނެއެވެ. މީގެ އިތުރުން ގޯތި ތެރޭގައި ހައްދާފައިވާ ގަސްތަކަށް ވެސް މި ސްޕްރޭ ކުރެވިދާނެއެވެ.

މަސްދަރު:ހެލްތް ޑައިޖެސްޓް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top