ވިސްނާލަމާ : “އަހަރެންގެ ދަރިފުޅު ޚިޔާލީ ދުނިޔެއެއްގައި” އެއީ ކީއްވެ؟

my_son_can_use_the_internet_all_he_wants.jpg

ލިޔުނީ: އަހްމަދު ނަދީމް

މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން އަވަސް ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. އެކަމަށް ހޭލުންތެރިވެފައި ނުވާނަމަ ތިމާއަށް މި އުޅެވެނީ ޖާދޫގެ ދުނިޔެއެއްގައިކަމަށް ހީވާފަހަރުވެސް އަތުވެދާނެއެވެ. ބޭނުންކަމެއް ބޭނުން ވަގުތަކު ކޮށްލެވިދާނެއެވެ. ދުނިޔެ މިއޮތީ ވަށް ކުނބުރަކަށް ވެފައެވެ. ޒަމާނީގޮތަށް ބުނާނަމަ ދުނިޔެ މިއޮތީ މުށުތެރޭގައެވެ. އަޅުގަނޑުމެންގެ ދަރިން ގެއިން ބޭރަށް ނުނިކުމެ ރާއްޖެއިން ބޭރަށް ގޮސް އުޅޭކަން އެނގިލައްވާތޯއެވެ. އަޅުގަނޑުމެންގެ ޅަކުދިން ކާޓޫންގެ ދުނިޔޭގައި ހޭދަކުރަނީ ކިހާ ވަގުތެއް ހެއްޔެވެ.

“އަހަރެން ބޭނުންވަނީ ފްރޯޒަން ކާޓޫންގައި އުޅޭ އާނާއަށްވާށެވެ.” މިއީ ކުޑަކުއްޖަކު އޭނާގެ މަންމަގެ ގާތުގައިބުނެފައިވާ ޖުމްލައެކެވެ.

“ސްޕައިޑަރމޭން އުޅޭހެން އުޅެބަލަ” މިއީ ކުޑަކުއްޖަކު އޭނާގެ ރައްޓެއްސަކު ގާތު ބުނެފައިވާ ޖުމްލައެކެވެ.

ކުޑަކުއްޖެއްގެ މަންމަ އޭނާގެ ރައްޓެއްސަކަށް ގުޅާލާފައި ބުނެފައިވާ ވާހަކަތަކެއް ހިމަނާލާނަމެވެ.

މަންމަ: އޭދަފުށިން އަންނަމުން އަހަރެންގެ ދަރިފުޅަށް ގޭމް ސީޑީއެއް ގެނެސްދީބަލަ

ރައްޓެހިމީހާ: ބޭނުމީ ކޮންގޭމެއް.

މަންމަ: ދަރިފުޅު ބުނީ ވައި.ސި.ޓީ ގޭމް ސީޑީއޯ.

ރައްޓެހި މީހާ: ވައި.ސި.ޓީ ގޭމަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ގޭމެއްކަން އެނގޭތަ.

މަންމަ:  ( ހީލާފައި  ) ބުނީ އަޅެ ގޭމް އެއީ ކުޑަކުދިން ކުޅެން ހަދާފައި ހުންނަ އެއްޗެށް ނޫންތަ

އެހެން ބެލެނިވެރިއެއްގެ ފަހުރުވެރި ވާހަކައެއް. “އަހަރެންގެ ދަރިފުޅު ސްކޫލަށް ދާން ނޫނީ ގެއިންން ނުނިކުންނާނެ. އަބަދުވެސް އިންނާނީ ކޮމްޕިއުޓަރގެ ކައިރީގަ..”

ކާޓޫނު ބަލަން އެންމެ ރަގަޅީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. ދަރިފުޅަށް ދައްކާ ކާޓޫންތަކަކީ އެކުއްޖާގެ އުމުރާއި ގުޅޭގޮތަށް ތައްޔާރު ކުރެވިފައިވާ ކާޓޫންތަކަކަށް ވާންޖެހެއެވެ. ކުއްޖާ ކާޓޫން ބަލަން އިންނަ އިރު އަޅުގަނޑުމެންގެ ދީނާއި ސަގާފާފަތަށް ފުށުއަރާފަދަ މަންޒަރެއް އަތުވެއްޖެނަމަ އެކަން ކުއްޖާއަށް ވިސްނޭނެ އިބާރާތަކުން ތަފްސީލްކޮށް ކިޔައިދޭން ވާނެއެވެ. 24 ގަޑިއިރުގެ ތެރޭގައި 02 ގަޑިއިރަށްވުރެ ގިނައިން ކުދިންނަށް ސްކްރީން ޓައިމްގެ ގޮތުގައި ހަމަޖެއްސުމަކީ އެކުދިންގެ ވިސްނުން ކޮށިވުމަށް ދިމާވާ ސަބަބެއްކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.

ކާޓޫނާއި ނުލައި ނުކެވޭ ކުދިންއެބައުޅެއެވެ. އެކަން އާދަޔަކަށް ހަދައިދިނީ ކޮންބައެއް ހެއްޔެވެ. ވަގުތުގެގޮތުން ފަސޭހަކޮށްލުމަށް ކާޓޫންގެ ބޭނުން ނުހިފަންތޯއެވެ. އަހަރެންގެ ދަރިފުޅަށް ކާޓޫނާއި ނުލައި އެއްވެސްކަމެއް ނުކުރެވޭކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އެކަން ކުދިންނަށް އާދަޔަކަށް ހަދައިދިނީ މައިންބަފައިންކަމާމެދަކު ޝައްކެއްނެތެވެ.

ކޮމްޕިއުޓަރ ގޭމް ކުދިންނަށް ކުޅެންދޭއިރު އެގޭމްސްތަކާއި ގުޅޭގޮތުން މައިންބަފައިން މައުލޫމާތު ހޯދުން މުހިއްމެވެ. ކޮމްޕިއުޓަރ ގޭމްސް ކުޅެން ކުއްޖާއަށް ލިބިދެވޭ ވަގުތުތަކުގައިވެސް ތައުލީމާއި ގުޅުން ހުރި ބައިތައް ހިމެނޭ ގޭމްސް ކުދިންނަށް ކުޅެން ދެވިދާނެއެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަގުތު ކުއްޖާއަށް އަބަދުވެސް ހަނދާން ކޮށްދޭންވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top