އެމް7 ސްކޫލް ފޮތްލިސްޓް ޕްރޮމޯ 2021! އޭދަފުށިން ލިބޭނެ

viber_image_2021-06-02_22-05-03.jpg

ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ މަޝްހޫރު އެމް 7 ގެ ފަރާތުން ސްކޫލް ފޮތް ލިސްޓް ސީޒަން އާއި ގުޅިގެން ކުރިއަށް ގެންދާ ”އެމް7 ސްކޫލް ފޮތް ލިސްޓް ޕްރޯ 2021“ މިއަހަރުވެސް ކުރިއަށް ދާކަމަށް އެތަނުން ބުނެފިއެވެ.

އެމް 7 އިން ފޮތް ލިސްޓް ނަގަން ބޭނުންވާ ފަރާތްތަކަށް މި އުފާވެރި ޚަބަރު ދެމުން އެކުންފުނިން ބުނީ  އަންނަ ދިރާސީ އާ އަހަރަށް ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ބޭނުންވާ ފޮތް ލިސްޓް ފުރިހަމަކޮށްލުމަށް އެމް7 އޮތީ އިތުބާރާއި ޔަގީންކަމާއެކު ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އެމް7 އިން ފޮތްލިސްޓަށް ތަކެތި ހަމަކޮށްލުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަވަސް ޚިދުމަތާއެކު ފެންވަރު ރަނގަޅު، އަދި ކޮލިޓީ ތަކެތި ލިބުމެވެ. މާލޭގެ އިތުރުން އަތޮޅުތަކުންވެސް އެމް 7 ގެ ޕެކް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

”އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލަނީ ކޮލިޓީއަށް. ފޮތްތަކާއެކު ލިބޭ އެހެނިހެން ތަކެއްޗަކީވެސް އޭގައި ކޮލިޓީއާމެދު އިތުރު ސުވާލެއް އުފެދޭނެ ތަކެއްޗެއް ނޫން. އެ ޔަގީންކަން ދެން. އެމް7 އަށް މީހުންގެ އިތުބާރު ލިބިފައިވާ ސަބަބަބީވެސް އެއީ ކަމަށް ދެކެނީ.” އެމް 7 އިން ބުންޏެވެ.

އެމް 7 ފޮތް ލިސްޓްގެ އެންމެ ޚާއްސަ ސިފައަކީ ދިވެހިވަންތަ ކަމަށް ލޯބި ކުރުމާއެކު ރާއްޖޭގެ މާހައުލާ ގުޅޭ ރީތި ޑިޒައިން ތަކުގެ ތަކެތި ލިބެން ހުރުމެވެ.

ސްކޫލް ސީޒަންގެ ބުކްޕްރޯގެ ދަށުން އެމް7 އިން ނަންގަވާ ކޮންމެ ފޮތް ލިސްޓެއް ޕެކޭޖް ކުރެވިފައިވާ އިރު މި ޕެކޭޖުތައްވެސް ހުންނާނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށެވެ.

ސްކޫލްތައް ބަންދުވާ ދުވަހުން ފެށިގެން އެމް7 ގެ ފޮތްލިސްޓް އޭދަފުށިން ނަމަ ބީފާނުން ބަލައިގަންނާނެ އެވެ. ފިހާރަ ބަންދު ވަގުތެއްގައިނަމަ 7545646 އާއި ގުޅުއްވުމަށް ބީފާނުން އެދެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top