އިތުރު ފީޗާ ތަކާއެކު ބީއެމްއެލުން އާ އެޕެއް

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް ބޭންކިންގެ އެޕަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ފީޗާ ތަކަކާއެކު އާ އެޕެއް ތައާރަފްކުރަން އެ ބޭންކުން ތައްޔާރުވެއްޖެ އެވެ.

ބީއެމްއެލް އިން ބުނީ މި އެޕް ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި އާންމުންނާ ހަމަޔަށް އަންނާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

މި ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގެ ހިދުމަތް ހޯދޭނެ ކަމަށާ ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް އެޕުން ފެނިގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ޚިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެ ތަނަކު ހުރެގެންވެސް ބޭންކިންގެ ޚިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top