މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭން ނިންމައިފި

157078095_4625691737457340_8420134194601535420_n.jpg

ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒު

އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ ކުރިން އޯލެވެލް މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދެ އެވެ. މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.

ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހެއެވެ.

ސާކިއުލާގައި ބުނި ގޮތުގައި އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށެވެ.

އަދި ހުރިހާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަ ކުރެވޭ ދަރިވަރުންނާމެދު ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށް ވެސް އޭގައިވެ އެވެ.

އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން މިނިސްޓްރީން ދީފައިވާ މައުލޫމާތަށް ބަލާއިރު، މަޖުބޫރު މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދަށް ރަނގަޅު ބަދަލުތަކެއް އައި ނަމަވެސް، ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top