ބ.އަތޮޅުހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަނެއްކޮށްފި

image-36b1b02a987a1f7640e05daff3d856a4a74fcf1b19702650ec25448ffdd01a4d-V.jpg

ބ.އަތޮޅުހޮސްޕިޓަލުގައި ޑރ. ޝާން ކުރެއްވި ފުރަތަމަ އޮޕަރޭޝަން. ފޮޓޯ : އީވީ

ބ. އަތޮޅުހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށް ނިންމާލައިފިއެވެ.

ކަށީގެ މަޝްހޫރު ޑޮކްޓަރ، ޑޮކްޓަރޝާން މިއޮޕަރޭޝަން ކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

މިކަމުގެ ތަފްސީލު ދެމުން ބ.އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ” އޭދަފުށީގެ އަންހެނަކު މީގެ ދުވަސްކޮޅެއްކުރިން އަތްތިލައިގެ ބޮޑުވާ އިނގިއްޔާ ދިމާލުން ތަދުވާތީ މާލެއަށް ގޮސް ފުރަތަމަ ޑރ. ޝާންއަށް ދެއްކީ. ޝާން އެދުވަހު ވިދާޅުވި ކަމަށްވަނީ އޮޕަރޭޝަނެއް ކުރާށޭ ޖެހޭނީ. މައްސަލައަކީ އަތުގެ އިނގިއްޔެއް ހުޅުން ނެއްޓިފައިވުމާ އަދި ކަށިކޮޅެއް ފިތިފައިވާތީ ކަމުގައި ޑރ. ޝާން ވިދާޅުވިކަމުގައެވެ. ”

އެހެންނަމަވެސް އޭރު ޝާން އުޅުއްވަނީ 25 ދުވަހުގެ ޗުއްޓީއެއް ނަންގަވަން ފުރުއްވަންކަމަށްވާތީ އެވަގުތު ޑރ.ޝާންއަށް އެކަން ކޮށްދެވެން ނެތްކަމާ އެހެންނަމަވެސް އަވަހަށްއަވަހަށް އޮޕަރޭޝަން ނުކޮށްފިނަމަ އިންފެކްޓްވުމުގެ ފުރުސަތު ބޮޑުވާނެކަމުގައި ޑރ.ޝާން ވިދާޅުވިއެވެ.

ބަލިމީހާގެ ވަނަވަރު އެހުމަށްފަހު އޭދަފުށި މީހެއްކަން އެނގުމުން ޑރ. ވިދާޅުވިކަމަށްވަނީ ޗުއްޓީގައި ވަޑައިގަންނަވަނީ އޭދަފުށްޓަށްކަމާ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ލިބިއްޖެނަމަ އޭދަފުށީގައިވެސް އެކަން ކުރެވިދާނެކަމުގައެވެ.

” އެހެންކަމުން ތިއޭޓަރ ލިބޭގޮތްވުމުން މި އޮޕަރޭޝަން އޭދަފުށީގައި ކޮށް ނިންމާލީ. މިހާރު އޭނާ ބަރާބަރު. ” ހޮސްޕިޓަލުން ބުންޏެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި ކޮންމެ ދެމަހުން އެއްމަހު ޑރ.ޝާން އޭދަފުށްޓަށް ވަޑައިގެން އޭދަފުށި މެޑިކަލް ސެންޓަރުގައި ބަލި މީހުން ބެލުމާއި އާދައިގެ ކުދިކުދި އޮޕަރޭޝަންތައްވެސް ކުރާގޮތަށް ހަމަޖެހިފައިވެއެވެ.

ޑރ. ޝާންއަކީ ރާއްޖޭގެ ޑޮކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް ޑޮކްޓަރު ކަމުން މާލޭގައިވެސް ޑރ. ޝާން އަށް ދެއްކުމަށް އަބަދުވެސް ދިގު ކިޔޫއެއް އޮވެއެވެ. އެހެންނަމަވެސް މިގޮތަށް ދެމަހުން އެއްމަހު ޑރ. އޭދަފުށްޓަށް ވަޑައިގަތުމަކީ ޚާއްސަކޮށް އޭދަފުށީ މީހުން އާއްމުކޮށް މުޅި ބ. އަތޮޅަށްވެސް ލިބުނު އުފާވެރި ޚަބަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top