މަސްޖިދުލްއަޤްސާގެ އިމާމު ރާއްޖެވަޑައިގެންފި

medium_87153.jpg

މަސްޖިދުލް އަޤްޞާގެ އިމާމު ޝައިޚް އަލީ ޢުމަރު ޔަޢުޤޫބީ ރާއްޖޭގައި .

ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ގޮތާ އެމީހުން ވޭތުކުރަމުންގެންދާ ހިތްދަތި ދިރިއުޅުމާބެހޭ މައުލޫމާތު ދިވެހިންނާ ހިއްސާކުރުމަށް މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތްކަމުގައިވާ އަގްސާ މިސްކިތުގެ އިމާމު ، ޝައިޚް ޢަލީ ޢުމަރު ޔައުޤޫބު އަލްޢައްބާސީ ރޭ މާލެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހޮނިހިރުދުވަހާ ހަމައަށް އިމާމު މާލޭގައި ހުންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށާ މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އާއި ބައްދަލު ކުރައްވާނެކަމުގައެވެ. އަދި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒިޔާދު އާއި ބައެއް ދީނީ އިލްމުވެރިންނާވެސް އިމާމުގެ މި ދަތުރުގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމުގައެވެ.

މި ބައްދަލުވުންތަކުގައި ފަލަސްތީނާ ރާއްޖެއާދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމާ އިލްމުވެރިންނަށް ދިމާވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މާދަމާ ރޭ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދަރުސެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. މިދަރުސުގައި ޝައިޚް ވާހަކަދައްކަވާނީ ފަލަސްތީނު މައްސަލައާއި އަގްސާ މިސްކިތާ ބެހޭ ގޮތުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެމިނިސްޓްރީން އިންތިޒާމުކޮށްގެން ދަމެސެޖްގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ ދަރުސްގެ ދަށުން ހުކުރުދުވަހުގެ ރޭ އިސްލާމީމަރުކަޒުގައި އޮންނަ ދަރުސްގައި ޚާއްސަ މެހްމާނެއްގެ ގޮތުންވެސް އިމާމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަރުސްގައި “އިސްލާމް ދީނަކީ ހައްޤު ދީންތަ؟ ” މި މައުޟޫއަށް ދަރުސް ދެއްވާނީ މެލޭޝިއާގެ ދެ އިލްމުވެރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top