ދަތުގެ ފަރުވާއަށް އެކަށީގެންވާ ތަރުހީބެއްލިބޭ، ހިދުމަތް އިތުރަށް ފުޅާވާނެ – ޑިރެކްޓަރ ވަހީދު

10659311_708220485919636_6232993226202670094_n.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްތަރ އަހްމަދު ވަހީދު. ދަތުގެ ފަރުވާއަށް އެކަށީގެންވާ ތަރުހީބެއް ލިބޭކަމަށް ވިދާޅުވި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލްގައި އަލަށްފެށި ދަތުގެ ފަރުވާއަށް ބ. އަތޮޅުން އެކަށީގެންވާ ތަރުހީބެއް ލިބެމުންއަންނަކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ދަތުގެ ފަރުވާ ރަސްމީކޮށް ބ. އަތޮޅު ހޮސްޕިޓަލްގައި ފެށީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. ހިދްމަތަށް އެއްމަސްދުވަސްވުމާގުޅިގެން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ އެކަށީގެންވާ އަދަދަކަށް ދަތުގެ ފަރުވާ އަށް މީހުން އައި ނަމަވެސް އިތުރަށް ފުޅާކުރެވިއްޖެނަމަ ފަރުވާ ހޯދަން އަންނަމީހުން އިތުރުވާނެކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ސާމާނު ހޯދައިގެން ހިދުމަތް ފުޅާކުރާނެކަމަށެވެ.

“ދުވާލެއްގެ މައްޗަށް ދިހަބާރަ ޕޭޝަންޓުން އެބައާދޭ. ހަގީގަތަކީ ދަތުގެ ފަރުވާގެ ތެރެއިން އަދި މިދެވެނީ އާންމު ފަރުވާތައް، ދަތްލުއްސުމާ، ދަތަށް ދިމާވާ އާދައިގެ ކަންކަމަށް ފަރުވާ މިދެވެނީ. މިހާރު މަސައްކަތް ކުރަމުން މިދަނީ އިތުރު ހިދުމަތްތައް ފެށުމަށް ސާމާނު ހޯދުމުގެ. ދަތުގެ ހުރިހާ ހިދުމަތެއް ފެށިއްޖެއްޔާ މިހާރަށްވުރެ ތަރުހީބު ބޮޑުވާނެ.” ބ. އަތޮޅުގެ ސިއްހީ ދާއިރާގައި ތިރީހުގެ އަހަރުތައް ގުނަމުން އަންނަ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ބ.އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރުފުރޭ މިއަހަރު އަތޮޅު ހޮސްޕިޓަލުން އިތުރު ހާއްސަ ޑޮކްޓަރީ ހިދުމަތެއް ފެށޭތޯ މަސައްކަތް ކުރަމުންވެސް އަންނަކަމަށެވެ. އެގޮތުން އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓެއްގެ ހިދުމަތް ފެށުމާބެހޭގޮތުން މިނިސްޓްރީއާ މަޝްވަރާ ކުރެވެމުން އަންނަކަން ވަހީދު ފާހަގަކުރިއެވެ. އޭނާ ވިދާޅުވީ ސިއްހީ ހިދްމަތް ފުޅާކުރުމަށްޓަކައި ބ. އަތޮޅު ހޮސްޕިޓަލްގެ ގްރޭޑް މަތިކުރުމަށްވެސް މަޝްވަރާކުރެވެމުން އަންނަކަމަށެވެ.

1968 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ބ. އަތޮޅުގައި ސިއްހީ ހިދުމަތް ފެށުނީ އޭދަފުށީ “އެވަރބްލޫ” މިހާރުގެ ގޮތުންނަމަ މާރަނަ 2 ގައެވެ. ހިދުމަތްތައް ފުޅާވަމުން އައިސް ބ. އަތޮޅު ހޮސްޕިޓަލަށް ބަދަލުވެ ހިދްމަތްތައް ފުޅާ ކުރެވުނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުއެވެ. މިވަގުތު ބ. އަތޮޅު ހޮސްޕިޓަލްގައި 5 ދާއިރާއަކުން ހާއްސަ ޑޮކްޓަރުން ހިދްމަތްދެމުން ގެންދެއެވެ. އެއީ އަންހެނުންގެ ހާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަދި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ސާޖަރީ ޑޮކްޓަރުގެ ހިދުމަތާއި، ދަތުގެ ފަރުވާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top