ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދެނީ

DSCN1353.jpg

އޭދަފުށީ މަސްޖިދު މުޢިނުންދީނުއްޡާނީ -ފޮޓޯ /އޭދަފުށި ވޮއިސް

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތް ހަދައިގެން މިސްކިތަތަކުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

މާލޭގެ އިތުރުން މިވަގުތު މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުދީ އޮތީ ށ. ނަރުދޫ އާއި ނ. މަނަދޫގައެވެ. ކޮވިޑް 19އާ ގުޅިގެން މޮނީޓަރިން އަށް ލާފައިވާ ރަށެއް ނަމަ، އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެނީ އާއްމު ހާލަތަށް ގެންނަތާ 14 ދުވަސްވުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ލޮކްޑައުންގައި މިއޮތް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި މިމަހުގެ 15 އިން ފެށިގެން، ނަމާދު ކުރަން ފަށާނެކަމަުގައެވެ.

ކޮވިޑް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top