އަތޮޅު ފުޓްބޯޅަ މުބާރާތް ނުފެށެނީސް 2 ޓީމް ސެމީއަށް!؟

aa.jpg

މާދަމާ އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ރެޑްވޭވް ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ މެޗްތައް ނުފެށި އުޅެނިކޮށް ދެޓީމެއް ސެމީއަށް ހިނގައްޖެއެވެ.

ސެމީއަށް ދިޔަ ދެޓީމަކީ ގްރޫޕްއޭގައި ހިމެނޭ އޭދަފުއްޓާ ކިހާދުއެވެ. މިހެންދިމާވީ މިއަހަރު މުބާރާތުގައި ވާދަކުރާގޮތަށް ކުރިން ހަމަޖެހިފައި އޮތް މާޅޮހު ޓީމް ގުރުނެގިފަހުން މުބާރާތުން ވަކިވުމާ ގުޅިގެންނެވެ. އެޓީމަކީ ގްރޫޕް އޭގައި އޭދަފުއްޓާ ކިހާދޫގެ އިތުރުން ދެންއޮތް ޓީމެވެ.

މުބާރާތުގައި ސެމީއަށް ދަތުރުކުރާނީ ދެގުރޫޕުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. އެހެންކަމުން ގްރޫޕް އޭގައި އޮންނާނީ އޭދަފުއްޓާ ކިހާދޫ ބައްދަލުކުރާ މެޗު އެކަންޏެވެ. މާދަމާ އެމެޗް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

އަނެއް ގްރޫޕްގައި އޮތީ ގޮއިދޫ އާއި ފެހެންދޫގެ އިތުރުން ކުޑަރިކިލުގެ ޓީމެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިމައްސަލަ ދިމާވީ ގުރުނެގިފަހުން ކަމަށްވާތީ، ޝެޑިއުލަށް އިތުރު ބަދަލުތަކެއް ނުގެނެސް މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމީކަމަށެވެ.

2012 ވަނަ އަހަރުންފެށިގެން އޭދަފުށީ ޔޫ ސްޕޯޓްސް އިން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މިމުބާރާތުގެ ޗެންޕިއަން ޓީމަށް މިއަހަރު 50000ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top