ބ. އަތޮޅު ފުޓްބޯޅަ މުބާރާތަށް އެމްޕީ ސަލީމް ބައިލައްކަ ދެނީ

medium_10928.jpg

މާދަމާ އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް މުބާރާތް އިންތިޒާމްކުރާ އޭދަފުށީ ޔޫ ސްޕޯޓްސް އަށް ބައިލައްކަ ރުފިޔާ ދިނުމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ސަލީމް ނިންމަވައިފިއެވެ.

އެހެންވުމާއެކު މުބާރާތުގެ މެއިން ސްޕޮންސަރަކަށްވެސް ސަލީމްގެ ވިޔަފާރި ކުންފުނި ރެޑްވޭވް ވަނީ ހަމަޖެހިގެން ގޮސްފައެވެ. މިއަހަރުގެ މުބާރާތަށް ސަލީމް ބައިލައްކަ ރުފިޔާ ދިނުމަށް ނިންމިއިރު ބ. އެޓޯލް ޗެލެންޖްގެ ވޭތުވެދިޔަ 4 މުބާރާތަށްވެސް ސަލީމްވަނީ ބޮޑު ހަރަދެއްކުރައްވައިފައެވެ.

އޭދަފުށީގެ ފުޓްބޯޅައަށް 1980ގެ އަހަރުތަކުންފެށިގެން ބޮޑު ހޭދައެއް ކުރައްވަމުންއަންނަ އަހްމަދު ސަލީމް ވަނީ މިއަހަރު އޭދަފުއްޓަށް ގައުމީ ރަންމެޑަލް ހޯދި ފުޓްބޯޅަ ޓީމަށާ، ބެޑްމިންޓަން ޓީމަށްވެސް ބޮޑެތި ހަރަދުތަކެއް އަމިއްލަ ޖީބުން ކުރައްވައިފައެވެ.

އީވީއާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އަތޮޅަށާ، ދާއިރާއަށް އަދި ހާއްސަގޮތެއްގައި އޭދަފުއްޓަށް އެމަނިކުފާނުގެ ތަނަވަސްކަން ހުރި މިންވަރަކުން އަބަދުވެސް އެހީވާނެކަމަށާ، އެއީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައެވެ. އަދި އަތޮޅު ފުޓްބޯޅަ މުބާރާތެއް އޭދަފުށީގެ އާންމު ފަރުދަކު އިސްނަގައިގެން ކުރިޔަށް ގެންދަވާތީ އެކަމަށް ސާބަސްދެއްވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ މެޗްތައް މާދަމާ އޭދަފުށީ ރަސްމީ ދަނޑުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އަތޮޅުގެ 5 ރަށެކެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top