ށ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ތިން ޖަމިއްޔާއަކަށް މާލީއެހީ ދީފި

IMG-20221004-WA0006-750x375.jpg

ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ހިންގާ އިޖްތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ތިން ޖަމިއްޔާ އަށް އެހީ ދީފިއެވެ.

މި އެހީއަކީ، ށ. އަތޮޅު ކައުންސިލްގެ 5 އަހަރު ދުވަހަށް ކަނޑައަޅާފައިވާ އަތޮޅު ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މިގޮތަށް ހިންގުނު ފުރަތަމަ ޕްރޮގްރާމެވެ.

ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 ރުފިޔާގެ މަގުން ޖުމުލަ 225000 ރުފިޔާގެ މާލީ އެހީ ށ. އަތޮޅު ކައުންސިލުން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

އެ ތިން ޖަމިއްޔާއަކީ ށ. މާއުނގޫދޫގެ މާއުނގޫދޫ އެސޯސިއޭޝަން ފޮރ އައިލެންޑް ޑިވެލޮޕްމަންޓް (މެއިޑް)، ށ. މިލަންދޫގެ މިލަންދޫ ސްޕޯޓްސް ކުލަބު އަދި ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކެޑަމީއެވެ.

މި ޕްރޮގްރާމް، ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ށ. އަތޮޅު ކައުންސިލުން ވަނީ  މަޝްވަރާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top