ބަންގާޅު މަސައްކަތު މީހުން ގެނައުން އިތުރު އެއް އަހަރަށް މަނާކޮށްފި.

dNMsn6daJRKioqhZc7BW0UWExpRUd4OiV4ixrCUI.jpeg

ބަންގާޅު މަސައްކަތް ތެރިން ތަކެއް.

ރާއްޖެއަށް ބަންގާޅުން މަސައްކަތު މީހުން ގެނައުން މަނާކޮށްފައި އޮތް އޮތުން އިތުރު އެއް އަހަރަށް ދަންމާލައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބަންގާޅުން މަސައްކަތްތެރިން ރާއްޖެ ގެނައުން އޮތީ އެއް އަހަރަށް މެދު ކަނޑާލާފައެވެ. އިކޮނޮމިކް މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ ކޮންމެ ގައުމަކަށް ވެސް އަންސްކިލްޑް ވޯކާސްގެ ކޯޓާއެއް ކަނޑައަޅާފައި އޮތުމުން މިދިޔަ އަހަރު ބަންގާޅު ލޭބަރުންނަށް ކަނޑައެޅި ކޯޓާ ހަމަވުމުންނެވެ. ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާފައި ވަނީ 150،000 ކޯޓާއެވެ.

އޭރު އިކޮނޮމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވެސް އެ މައްސަލަ އެއްކޮށް ހައްލު ނުވާ ނަމަ އިތުރު އެއް އަހަރަށް ބަންގާޅު މަސައްކަތްތެރިން އެ ގައުމުން ގެނައުން މަނާކުރާނެ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4805 ބަންގާޅު މީހުން މިހާރު ވަނީ ގައުމަށް ފޮނުވާލާފައެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ނިމުމުގެ ކުރިން 20000 މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top