މުޅިން އަލަށް މިފަހަރު އޭދަފުށިގައި ކުލަ ފެސްޓިވަލެއް

އޭދަފުށީ ޒުވާނުންކޮޅެއް އިސްނައިގައިގެން އުފައްދާފައިވާ ޖަމިއްޔާ އެއްކަމުގައިވާ ވެސްޓްވިންގް އިން މި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

ވެސްޓް ވިންގްސް ޖަމިއްޔާ އާއި ބަނަފްސާ ކަންމަތި (ބީކޭ ) ގުޅިގެން ”ވެސްޓްވިންގސް ކަލަރ ފެސްޓިވަލް 2018″ ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޮގަސްޓްގައި ސަންސެޓް ބީޗްގައެވެ.

އޭދަފުއްޓަށް މުޅިން އަލަށް ތައާރަފް ކުރެވޭ މި ފެސްޓިވަލް ކުރިއަށް ދާނީ ކުލަޖެހުމުގެ ތަފާތު އެތައް ކުޅިވަރު ތަކަކާއެކު މަޖާ މާހައުލެއް ގައެވެ.

“މި ފެސްޓިވަލްގައި ކުލަ ޖެހުމުގެ ތަފާތު ކުޅިވަރުތަކާ ލައިވް ޑީޖޭ ވެސް ކުރިއަށް ދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ މި ފެސްޓިވަލާ އާއެކު ތަފާތު ގޮތަކަށް އެންމެންނަށްވެސް އީދު މަޖާ ކޮށްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން.” ވެސްޓް ވިންގްސް އިން ބުންޏެވެ. 

މި ފެސްޓިވަލް އަށް އެންޓްރީ ވެވޭނީ މިކަމަށް ޚާޢްސަ ކޮށްފައިވާ ޓީ ޝާޓެއް ލައިގެން ނެވެ. 90 އިންސައްތަ ޓީޝާޓް މިހާރު ވަނީ ވިކިފައިކަމަށް ވެސްޓްވިންގުން ބުނެއެވެ. (ޓީ ޝާޓްގެ ނަމޫނާ ތިރީގައި )

 

”ވެސްޓްވިންގސް ކަލަރ ފެސްޓިވަލް 2018″ ގެ މެއިން ސްޕޮންސަރަކީ ރެޑް ވޭވް އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު