ދަރަވަންދޫގައި ޕީސީއާރު މެޝިނެއް ބަހައްޓަނީ.

DSCN7780.jpg

ދަރަވަންދޫ --އީވީ ފައިލް ފޮޓޯ

ބ.އަތޮޅުގައި ހިންގާ މިލައިދޫ ރިސޯޓާ، ނޯޓިލަސް މޯލްޑިވްސް ރިސޯޓު ގުޅިގެން ދަރަވަންދޫގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށް، ޕީސީއާރު މެޝިނެއް ބަހައްޓައި ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުޙައްމަދު ރަޝީދު ވިދާޅުވީ، ދަރަވަންދޫގައި އެ މެޝިން ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން ދާކަމަށެވެ.

އެގޮތުން އެރަށު ހެލްތް ސެންޓަރުގައި އެކަމަށް ޚާއްސަކޮށް 28 ދުވަހުގެތެރޭގައި ލެބޯޓަރީއެއް ތަރައްގީ ކޮށް ނިންމާފައިވާ ކަމަށާ އެތަނަށް ބޭނުންވާ އެހެން ހުރިހާ ސާމާނެއް މިހާރު ވަނީ ހަމަކޮށްފައެވެ.

ދަރަވަންދޫގައި ކޯވިޑް 19 އަށް ޓެސްޓް ކުރާ މެޝިން ބަހައްޓަން ނިންމީ، އެ ރަށަކީ އެއަރޕޯޓް އޮންނަ ރަށަކަށްވުމާއި ފަތުރުވެރިންގެ ސާމްޕަލް ޓެސްޓްތައް ހެދުމަށް ފަސޭހަވާނެތީ ކަމަށް އެ ދެ ރިސޯޓުން ހާމަކުރިއެވެ.

މި މެޝިނުން ދުވާލަކު 90 ސާމްޕަލް ޓެސްޓްކުރެވޭނެ ކަމަށާއި ޓެސްޓް ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތްތެއްގެ އިތުރުން މުވައްޒަފުން ވެސް މިހާރުވަނީ ތަމްރީނުކޮށް ނިންމާފައެވެ.

މި ޚިދުމަތް ދަރަވަންދޫގައި ދޭއިރު ޓެސްޓް ހެދުމުގައި އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑް ލައިނާއެއް ގޮތަށެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދަރަވަންދޫގައި ކޮވިޑްގެ އެއް އެކްޓިވޭސް ކޭސް އެބައުޅެއެވެ. އެއީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top