އޭދަފުށި ފުރަތަމަ ވާދަކުރާނީ ކުޅުދުއްފުށްޓާ

19441685_1810226569287340_6670610389573831412_o.jpg

ފައިނަލް ބުރުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން - ފޮޓޯ :އެފްއޭ އެމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި އޭދަފުށި ، ކުޅުދުއްފުއްޓާ ވާދަކުރާގޮތަށް ހަމަޖެހިއްޖެއެވެ. އަންނަ ޖުލައި 6 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗް އޮންނާނީ ކުޅުދުއްފުށީގައެވެ.  މި ގޮތަށް ހަމަޖެހުނީ ރޭ ގަލޮޅު ދަނޑުގެ ވީވީއައިޕީގައި އޮތް ގުރުނެގުމުގެ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ފައިނަލް ބުރުގައި ވާދަކުރުމަށްހަމަޖެހިފައިވާ 8 ޓީމް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު އޭދަފުށީ ހިމެނުނީ ގްރޫޕް 1 ގައެވެ. މި ގްރޫޕްގައި އޭދަފުށީގެ އިތުރުން ހިމެނެނީ އުތުރުގެ ޗެމްޕިއަނުން ކަމުގައިވާ ކުޅުދުއްފުއްޓާއި ޒޯން2ގެ ޗެމްޕިއަން މިލަންދޫއާއި ޒޯން 4ގެ ޗެމްޕިއަން އއ.މާޅޮހެވެ. ގްރޫޕް 2 ގައި ހިމެނެނީ ތިމަރަފުއްޓާއި، ކުޑަހުވަދޫ އަދި ފޭދޫ އެވެ. މި ގްރޫޕްގެ މެޗްތައް ކުޅޭނީ ގދ. ތިނަދޫގައެވެ.

 

ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅޭ މެޗަށް އޭދަފުށި ނުކުންނާނީ  ޖުލައި 6 ވަނަ ދުވަހުއެވެ. ދެވަނަ މެޗުގައި މިލަންދޫއާ ދެކޮޅަށް ނިކުންނާނީ ޖުލައި 10 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު އޭދަފުށި ވާދަކުރާނީ މާޅޮހާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top