ސަމާލް ! ބީއެމްއެލް ނަމުގައި ފޯނުކޮށްގެން ފައިސާ ހޯދަމުން އެބަގެންދޭ

CznInS7XEAItC8c.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) އިން ކުރިއަށް ގެންދާ އެކި އެކި ޕްރޮމޯޝްންގެ ނަމުގައި ޕްރޮމޯޝަނެއްގެ ނަމުގައި މީހުންނަށް ގުޅައި އެކައުންޓުގެ މައުލޫމާތު ހޯދައިގެން ފައިސާ ފޮނުވުމަށް އެދެމުންދާ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ކަސްޓަމަރުންގެ ފަރާތުން މިފަދަ ކޯލްތަކަށް ރައްކާތެރި ވުމަށް ވަނީ ތަކުރާރުކޮށް އެދިފައެވެ. އަދި އީމެއިލް އެކައުންޓުތަކުގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި އެއްވެސް ހާލަތެއްގައި މިފަދަ ކަންކަމުގައި ގުޅާ ފަރާތްތަކާއި ފައިސާގެ މައުލޫމާތެއް ނުކުރުމަށް ބޭންކުން ވަނީ އެދިފައެވެ.

މިފަދަ ކޯލުތަކަކީ ސައްހަ ނޫން ކޯލްތަކެއް ކަމާއި މިކަމުގައި ވީހާވެސް ބޮޑަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް އެ ބޭންކުންވަނީ އިލްތިމާސް ކޮށްފައެވެ. މިގޮތުން ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް އެފަދަ ފަރާތްތަކުން އެދޭ އެކައުންޓްގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި އަދި ފައިސާ ފޮނުވުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގ ގެ ޕާސްވޯޑު ހޯދުމުގެ މަސައްކަތް މީގެކުރިން ވެސް ކޮށްފައިވާއިރު އެފަދަ މައުލޫމާތެއް ބޭންކުގެ ނަމުގައި ބުނެގެންވެސް ހިއްސާ ނުކުރުމަށް ކަސްޓަމަރުންގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެދެއެވެ.

ރާއްޖޭގައި އޮޅުވާލައިގެން މީހުންގެ އެކައުންޓުން ފައިސާ ވަގަށް ނެގުމާއި ރީލޯޑް ހޯދުން ފަދަ ކަންތައް ދަނީ ފަހަކަށް އައިސް އާންމުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top