ނަޖިސް ހަރުލާފައި ހުންނަ ބިސް ވިއްކުން މަނާ !

dirty-eggs-in-carton_7kEZfV_011.jpg

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ކުކުޅުބިސް ވިއްކޭނެ މުއްދަތު ކަނޑައަޅައި ވިއްކުމާ ބެހޭ ގަވާއިދެއް ވެސް މިހާރުވަނީ އާއްމު ކޮށްފައެވެ.

ހެލްތް މިނިސްޓްރީން މި މަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ގަވާއިދުގައިވާގޮތުން ރާއްޖެއަށް އެތެރެކުރާ ބިހާއި، ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުންކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންޖެހެނީ “ބަންދުކުރި  ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ  މިންގަޑާއި”  އެއްގޮތަށް ލޭބަލް ކޮށްފައިކަަމަށާއި، ފިހާރަތަކުގައި ވިއްކަން ބަހައްޓަަން ޖެހެނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމަށްވެސް ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ.

ހެލްތް މިނިސްޓްރީން އަލަށް އެކުލަވާލި މިންގަޑުގައި ރާއްޖެއަށް އެތެރެކުރާ ބިސް ވިއްކަން ބެހެއްޓޭނެގޮތާއި އެންމެ ގިނަދުވަސް ވަންދެން ބިސް ވިއްކަން ބެހެއްޓޭނެ މުއްދަތުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިނި ނުކޮށް ކުކުޅުބިސް ވިއްކަން ބެެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 28 ދުވަހުގެ މުއްދަތަކަށެވެ. ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސްގައި ބަހައްޓާނަމަ އެ ބިސްތައް ވިއްކަން ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށެވެ.

ރާއްޖެ އެތެރެކުރާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުޙަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަމަށާ ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިމްޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާކަމެއް ބަޔާންކޮށް އެކަމުގެ ރަސްމީ ލިޔުންތައް ހުށަހަޅަންވާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top