ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

7697.jpg

ސަރުކާރުގެ ވިޔަފާރި ކުންފުނި ، އެސްޓީއޯއިން ވިއްކަމުންގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 54 ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއި އެކު ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ. ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރު ޕެޓްރޯލް ލިޓަރަކުން ބޮޑުކުރީ 35 ލާރި އެވެ. ޑީސަލް ލިޓަރަކުން 44 ލާރި ބޮޑުކުރިއެވެ.

ޑީސަލާއި ޕެޓްރޯލްގެ އަގަށް ބަދަލު އައިސްފައިމިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ދުވަހަކުވެސް ނުއުފުލޭވަރަށް އުފުލިފައެވެ. 2014 ވަނަ އަހަރަށްފަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 70 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top