ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

l_2019_05_30_122742_el2ug3dn7ik9f1ox4jwh5ct86ybavpsmrzq_EN_.jpg

އެފްއެސްއެމްގެ އޮއިލް ޓޭންކަރު ،މާތޮޅި

ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

މިއަދުން ފެށިގެން އެސްޓީއޯ އިން ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.57ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.09ރ. އަށެވެ. އެސްޓީއޯއިން ވަނީ އަގަށް ގެނައި ބަދަލުތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގާފަ އެވެ.

ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް މީގެ ކުރިން ތެޔޮ ވިއްކަނީ، އެހެން ފަރާތްތަކަށް ވެސް ވިއްކާ އާންމު ރޭޓްގަ އެވެ.

އެހެންނަމަވެސް ސަރުކާރުގެ ކުންފުނިތަކާއި ބައުޒަރުތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެއް ނުވެ އެވެ. އެގޮތުން، ފެނަކަ، ސްޓެލްކޯ އަދި އެމްޕީއެލް ފަދަ ކުންފުނިތަކަށް ތެޔޮ ވިއްކަމުން ދަނީ ކުރިން ވެސް ވިއްކި ރޭޓުގަ އެވެ..

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރީ މިއަހަރުގެ މާޗް 5، ގަ އެވެ. އެއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 14.80ރ. އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top