ފްރެންޑްލީ ޔޫތު ކަޕް މާދަމާ ފަށަނީ

cham-800x484-800x484.jpg

މިދިޔަ އަހަރު ނމި މުބާރާތް ކާމިޔާބު ކުރި ހުސް ސޮނގުން ޓީމް ޗެމްޕިއަންކަން ލިބުމުގެ އުފާ ފާޅުކުރަނީ - ފޮޓޯ : އީވި

ބޮޑު އީދުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް އޭދަފުށީގައި ބާއްވަމުން އަންނަ “ފްރެންޑްލީ ޔޫތު ކަޕް” ފުޓްބޯޅަ މުބާރާތް ފުޓްބޯޅަ މުބާރާތް މާދަމާ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތް އިންތިޒާމު ކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މުބާރާތް ހުޅުވައިދޭ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް ވެލާ ސިޓީ އާއި ސައިނޯސާ އެވެ.

މި މުބާރާތް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޒުވާނުންގެ ކްލަބްގެ މަސްއޫލު މެންބަރު އަދި މި މުބާރާތް ހިންގުމުގައި އެންމެ އިސްކޮށްއުޅުއްވާ މުހައްމަދު ޒާހިދު (ބައްޓޭ ) ވިދާޅުވީ މި އަހަރު ފަސް ޓީމު ބައިވެރިވެފައިވާ މި މުބާރާތް ވޭތުވެ ދިޔަ އަހަރު ތަކުގައި ކުރިއަށް ގެންގޮސްފައި ވަނީ ދެ ގްރޫޕަކަށް ޓީމުތަށް ބަހާލައިގެން ނަމަވެސް މިއަހަރު އެގޮތަށް މުބާރާތް ކުރިއަށްގެންދެވެން ނެތްކަމަށެވެ.

އެހެން ކަމުން މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ފަސް ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

މުބާރާތުގައި މިފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެންޕިއަން ހުސްސޮގުން، ވެލާ ސިޓީ، އެމް.އޭ ޔުނައިޓެޑް، ޔުނައިޓެޑް ވީ އަދި ސައިނޯސާ އެފްސީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top