ކަރަން ގެ ފޯކަސް އަރުނީތާ އަށް

aru.jpg

ކަލާސް ޓީވީއިން ހަފްތާ ބަންދުގައި ގެނެސްދޭ އިންޑިއަން އައިޑޮލް-12ގެ ޝޯ މިހާރުވަނީ ގްރޭންޑްފިނާލޭ އާ ހަމައަށް ދަތުރު ކޮށްފައެވެ.

މި މަހުގެ 15 ވަނަދުވަހުގެ ރޭ މިޝޯގެ ގްރޭންޑް ފިނާލޭ ބާއްވަން ނިންމާފައިވާއިރު ޝޯގެ އެންމެފަހު އެޕިސޯޑްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެފައިވަނީ އިންޑިޔާގެ މަޝްހޫރު ދަރުމާ ޕްރޮޑަކްޝަންގެ  ޑިރެކްޓަރު އަދި ޕްރޮޑިުސަރު ކަރަން ޖޯހަރެވެ.

ޝޯގައި އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ މި ޝޯ ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަަކު ގަބޫލު ކުރާ އަރުނީތާ ކާންޖީލާލް އަށް ކަރަންގެ ފޯކަސް އަމާޒުވެގެން ދިއުމެވެ.

އެ އެޕިސޯޑްގައި ކަރަން ވަނީ އަރޫނީތާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކަރަން ބުނީ، އަރޫނީތާ އަކީ ރީތި އަޑަކާ އެކު، ލަވަކިޔުންތެރިއެއްގެ ހުރިހާ ޝަރުތެއް ހަމަވާ ފަންނާނެ ކަމަށެވެ. އަދި އަރުނީތާގެ އަޑަކީ ޖާދޫއެއް ކަމަށާ އެހާ ޒުވާން އުމުރުގައިވެސް ކުރީގެ ބޮޑެތި އަދި އުނދަގޫ ލަވަތައް އާދަޔާ ހިލާފު މޮޅަށް މަދު ފަންނާނަކަށް ނޫނީ ނުކިޔޭ އިރު އޭގެ ތެރޭގައި އަރުނީތާ ހިމެނޭ ކަމަށެވެ. ކަރަން ވަނީ ޝޯގެ އެހެން ބައިވެރިންގެ ހުނަރަށްވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އެޝޯގައި ކަރަން ވަނީ އޭނާގެ ގެ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު އަރޫނީތާ އަށް ދީފަ އެވެ.

އެޝޯގައި ކަރަންގެ ދަރްމާ ކުންފުނިން ތައްޔާރު ކުރި ތިން ފިލްމެއްގެ ލަވަ އަރުނީތާ ވަނީ ކިޔާފައެވެ. އެލަވަތައް ކިޔައިދިން ގޮތް ރީތިކަމުން ކަރަން ބުނީ މިހާރުން މިހާރަށް ވެސް ދަރުމާ އާއިލާއާ ގުޅެން ދައުވަތު ދޭ ކަމަށާއި މި އަހަރު އޭނާ ލައްވައި ލަވައެއް ރެކޯޑްކުރާނެ ކަމަށެވެ. ހަމަ އެއާއެކު އެހެން ފައިނަލިސްޓުންނަށް ވެސް ދަރްމާއާ އެކު މަސައްކަތް ކުރުމުގެ ދައުވަތު ކަރަން ވަނީ ދީފަ އެވެ.

ގްރޭންޑް ފިނާލޭގައި މިފަހަރު ހަ ބައިވެރިޔަކު ޓްރޮފީއަށް ވާދަ ކުރާނެ އެވެ. އެއީ ޕަވަންދީޕް ރާޖަން، އަރުނިތާ ކާންޖީލާލް، މުހައްމަދު ދާނިޝް، ޝަންމުކާޕުރިޔާ، ނިހާލް ޓުރާއޯ އަދި ސާއިލީ ކަމްބްލީ އެވެ.

މީގެ ތެރެއިން އެންމެ ގިނަ ފޭނުން ތިބީ ޕަވަންދީޕް އާއި އަރޫނީތާއާ އެކު އެވެ. ގްރޭންޑް ފިނާލޭއަށް ގޮސްފައިވާ އެހެން ބައެއް ލަވަކިޔުންތެރިންނަށް ވެސް މިކަން އެނގެ އެވެ. އަދި ޕަވަންދީޕް އާއި އަރުނީތާ ޝޯ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަން އެމީހުންނަށް ވެސް ގަބޫލު ކުރެވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top