ޓީޗަރުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރަނީ

183635_0c16c449-7_.jpg

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ތަހުނިޔާ ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ތައުލީމީ ދާއިރާ އަށް ފޮނުއްވައި ދެއްކެވި ވާހަކަފުޅުގައި, ކޮވިޑްގެ ހާލަތާއެކު އުނގަންނައި ދިނުމަށް މުޅި ދާއިރާއިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވުނީ ތައުލީމީ ދާއިރާގެ ބުރަ މަސައްކަތްތަކުން ކަމަށެވެ. އޭގެ ތެރޭގައި ޓީޗަރުން ކޮށްދެއްވި އަގު ނުކުރެވޭ މަސައްކަތާއި ދަރިވަރުންނަށްޓަކައި ހޭދަކުރައްވި ވަގުތު ރައީސް ފާހަގަކުރެއްވި އެވެ.

“އަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން ޓީޗަރުންގެ މުސާރައާ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.” ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި ކިޔަވައިދިނުމުގެ ދަތިކަން ހުރި ރަށްރަށަށް ގޮސް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށްވެސް އިނާޔަތްތަކެއް ހަމަޖައްސާނެކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރި ވަބާ އަދިވެސް އަތުވެދާނެ ކަމަށް ސަމާލުވާންޖެހޭ ކަމަށާއި، މިގޮތުގައި ހާލަތު ދެމެހެއްޓުމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެއާއެކު އާއްމު ހާލަތަށް ރުޖޫއަވެވޭނީ ކޮވިޑް ވެކްސިން ޖަހައިގެން ކަމަށްވާތީ އެކަމަށް އެއްބާރުލުންދީ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top