ސީސީ އިން އޭދަފުއްޓަށް ”ލޯބިވެވިއްޖެ“ 

viber_image_2023-06-03_17-35-58-584.jpg

ދިވެހި ފިލްމީ ޑައިރެކްޓަރު އަދި ހުނަރުވެރި ބަތަލް އަލީ ސީޒަން ގެ ފިލްމް ”ލޯބިވެވިއްޖެ” ރަށުގައި ތިބެގެން ބަލާލަން ބޭނުން މީހުންނަށް އެފުރުސަތު އޭދަފުށީގެ ޖަމިއްޔާއެއް ކަމުގައިވާ ކްލަބް ކޮންބިނޭޝަން (ސީސީ )އިން ހޯދައިދީފި އެވެ.

ސީސީ އިން ބުނީ ގިނަ ބައެއްގެ އެދުމުގެ މަތިން އޭދަފުށީގައި ލޯބިވެވިއްޖެ ދައްކާގޮތަށް މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

ސީސީގެ ފަރާތުން ވާހަކަ ދެއްކެވި އަންފާލު އިބްރާހީމް ބުނީ މިފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު 8ވަނަ ދުވަހުގެ ރޭ، މަލްޓި ޕާޕަސް ހޯލުގައި ކަމަށެވެ.

”ލޯބިވެވިއްޖެ“ ފިލްމުގެ ޓިކެޓު މިހާރު ވިކެމުންދަނީ. ޓިކެޓު ގަތުމަށް ޚާއްސަ ނަންބަރު 7517807 އަށް ގުޅައިގެން ޓިކެޓު ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. ޑިމާންޑާއި ތަރުހީބު ލިބޭ ވަރަކުން ދެޝޯ ނުވަތަ ތިން ޝޯ ވެސް ދައްކާ ގޮތަށް އަޅުގަނޑުމެން މި ތިބީ.“ އަންފާލު މައުލޫމާތު ދެއްވިއެވެ.

މިޝޯ ގެޓިކެޓް ގެ އަގަކީ 100ރުފިޔާ އެވެ.

“ލޯބިވެވިއްޖެ” ގެ މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް ސީޒަން އަލީ، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހްމަދު އީސާ (އާނަންދު) އެވެ.

މި ފިލްމަކީ 2020 ވަނަ އަހަރު ޝޫޓުކުރަން ފެށި ފިލްމެކެވެ. ފިލްމު ނަގާފައި ވަނީ ގދ.ތިނަދޫ، މާލެ އަދި ސްރީ ލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގަ އެވެ. މި މަހުގެ ތިންވަނަ ދުވަހު ޕްރިމިއާ ކުރި “ލޯބިވެވިއްޖެ” ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ކްލަބް ސީސީ އިން އޭދަފުށީގައި މި ފިލްމު ދައްކަން ނިންމާފައިވާ އިރު ސީސީއަކީ އޭދަފުށީގެ ރައްޔިތުންގެ އިހުސާސްތަކަށް ބަލައިގެން ތަފާތު ދާއިރާތަކުން ރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ކްލަބެކެވެ.  ޚިދުމަތްތްެރި ޒުވާން ކުދިން ކޮޅެއްހިމެނޭ އެކްލަބުން އެންމެ ފަހުން މިދިޔަ މަހު ވަނީ އޭދަފުށީގައި ކްރިކެޓް އާލާ ކޮށްދިރުވުމުގެ ގޮތުން އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކްރިކެޓް މުބާރާތެއް ވެސް ބާއްވާފައެވެ.

ސީސީ އިން މިހާރު ތައްޔާރުވަމުން ދަނީ އަންނަ ބޮޑުއީދަށް އޭދަފުށީގައި ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top