ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

raees-solih-ukulhas-pevji70wqrqx1tq3zqq434u3asefgkk2lmfhzvu4c0.jpeg

ރައީސް ސޯލިހު އއ. އުކުޅަހުގައި -- ފޮޓޯ: ރައީސް އޮފީސް

ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޮކްޓަރުންނާއި، ތައުލީމީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުކުރަން ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އޭގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޕްރޮފެޝަނަލް ޑޮކްޓަރުން ލިބުން ދަތިވާ މައިގަނޑު ސަބަބަކީ ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަވުމެވެ.

އޭގެ ތަފްސީލަށް ދަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓަކަށް ދެނީ 3000 ޑޮލަރު ކަމަށާއި މިއީ މިރީޖަން ބަލަނަމަ ކުޑަ މުސާރައެއް ކަމުގައެވެ. އެހެންކަމުން ރާއްޖެއަށް ގެންނަން ޖެހެނީ އަގުހެޔޮ ކޮށް ލިބޭ ޑޮކްޓަރުން ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮފެޝަނަލް ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެވޭނީ މުސާރަ ބޮޑުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް މި ހަފްތާ ތެރޭގައި ކުރަމުން ދިޔައިރު ޑޮކްޓަރުންނާއީ މުދައްރިސުންގެ މުސާރަ ބޮޑުކުރަން ނިންމައިފައިވާ ކަމަށެވެ.

“ބަޖެޓު ފައިނަލް ކުރަމުންދިޔައިރު އޭގެތެރޭގަ މަޝްވަރާ ކުރެވުނު. ކޮށްފަ [މަޝްވަރާއަށް ފަހު] ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެން ނިންމާފައިވަނީ. އަޅުގަނޑުމެން ވާނެ އެޑިއުކޭޝަން ދާއިރާގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފަ،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top