ދަރަވަންދޫ ”ޖަންބޯ“ ދޯނި ގެއްލިގެން ހޯދަނީ

364809_3_98139ac379c9aad5e7557c59faba9f046462ac47_large.jpg

ގެއްލިގެން ހޯދާ ޖަންބު ދޯނި

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދިޔަ “ޖަންބޯ” ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަން ފަށައިފި އެވެ.

“ޖަންބޯ” ދޯނި ވަނީ މާލެއިން ފުރައިގެން ދިޔަ މަގުމަތީގައި ގާފަރުގައި މަޑުކުރި އެވެ.

ކޯސްޓް ގާޑުން ބުނީ އިއްޔެގެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރި “ޖަންބޯ” ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ ހެނދުނު 11:35 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ އުޅަނދުގެ އެއްވެސް ޚަބަރެއް ނުވި ކަމުގެ ރިޕޯޓް ކޯސްޓް ގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެގެ ހަވީރު 6:03 ހާއިރު ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

ކޯސްޓް ގާޑުން ބުނިގޮތުގައި އެ ދޯނީގެ ދިގުމިނުގައި 65 ފޫޓް ހުންނާނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އިއްޔެ 1:00 އާއި 1:30އާ ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަައްތަރު ދޯންޏެއް ކަމަށް ލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ޖަންބޯ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި އެ ކަން ހިއްސާ ކޮށްދިނުމަށް ކޯސްޓް ގާޑުން އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top