ސީސީގެ 1ވަނަ އިންޓަރިސޯޓް ކުރިކެޓް މުބާރާތް ފަށައިފި

viber_image_2023-05-11_12-56-51-079.jpg

''ސީސީ އިންޓަރ ރިސޯޓް ކްރިކެޓް ޓޯނަމަންޓް '' ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭދަފުށީ، ކްލަބް ކޮންބިނޭޝަން (ސީސީ )އިން ބ. އަތޮޅުގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ބާއްވާ ”އިންޓަ ރިސޯޓް ކްރިކެޓް ޓޯނަމަންޓް“ އިއްޔެ ފަށައިފި އެވެ.

އޭދަފުށީގެ ވެލި ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ އަމިއްލަ މޯލްޑިވްސް އާއި މިލައިދޫ އެވެ. މި މެޗުގައި ޓޮސް ދިމާވެގެން އަމިއްލަ މޯލްޑިވްސް ގަސްދުކުރީ ހޮވާށެވެ.

މިލައިދޫ ޓީމް ކުޅެން އަރާ 3 ކުޅުންތެރިން ނުބައިވެގެން 8 އޯވަރު ތެރޭ ހެދުނީ 131 ލަނޑެވެ. ޖަވާބުގައި ކުޅެންއަރާ އަމިއްލަ މޯލްޑިވްސް އިން 8 އޯވަރު ތެރޭ 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ.

މި މެޗުގައި އެންމެ ގިނަ ލަނޑު ހަދައި މޭން އޮފްދަ މެޗު ލިބުނީ 64 ލަނޑު ހެދި މިލައިދޫ ޓީމުގެ ރޮހާން ޖަޔަންތާ އަށެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ ވެސްޓިން މޯލްޑިވްސް އާއި ފިނޮޅު ބ.އަތޮޅު މޯލްޑިވްސް ގެ ޓީމެވެ.މެޗުގެ ޓޮސް ދިމާވެގެން ފިނޮޅު ބ.އަތޮޅު މޯލްޑިވްސް ގަސްދު ކުރީ ހޮވާށެވެ.

ވެސްޓިން މޯލްޑިވްސް ކުޅެން އަރާ 8 އޯވަރު ތެރޭ 3 ކުޅުންތެރިން ނުބައިވެގެން 147 ލަނޑު ހެދި އެެވެ. ޖަވާބުގައި ފިނޮޅު ބ.އަތޮޅު މޯލްޑިވްސް ކުޅެންއަރައި 8 އޯވަރު ތެރޭ ހެދުނީ 134 ލަނޑެވެ. މި މެޗުގައި އެންމެ ގިނަ ލަނޑު ހަދައި މޭން އޮފްދަ މެޗަކަށް ހޮވުނީ 81 ލަނޑު ހެދި ވެސްޓިން މޯލްޑިވްސް ގެ ދީޕަކް އެވެ.

މި މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅޭނެ އެވެ. 3 ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މިލައިދޫ އާއި ދުސިތު ތާނީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެސްޓިން މޯލްޑިވްސް އާއި ސޮނެވާފުށި ރިސޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top