ބ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެވޭގޮތް ހަދަނީ !

b.hospital.jpg

ބ.އަތޮޅު ހޮސްޕިޓަލް- ފޮޓޯ : އީވީ

އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ފަސް ހޮސްޕިޓަލާ އެކު ބ.އަތޮޅު ހޮސްޕިޓަލުގައިވެސް ކޮވިޑް -19 އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ނިންމަވައިފިއެވެ.

ކޮވިޑް-19 އިގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވި ގޮތުގައި ކޮވިޑް އަށް ފަރުވާ ދެވޭ ގޮތަށް ހަމަޖެއްސި 5 ހޮސްޕިޓަލަކީ ބ.އަތޮޅު ހޮސްޕިޓަލްގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލާއި، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްތަކުގައި ވަކި އަދަދަކަށް އައިސީޔޫ އެނދާއި، އައިސޮލޭޝަނަށް ހާއްސަ އެނދުތަކެއް ބަހައްޓާނެ އެވެ. އަދި ހޮސްޕިޓަލްތަކަކީ ބޭނުން ކުރަމުންދާ ހޮސްޕިޓަލަށްވާތީ ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާނީ ހޮސްޕިޓަލްގެ ވަކި ބައެއްގައި ވަކި ދޮރަކުން ވަދެ ނިކުމެ ހެދޭ ގޮތަށެވެ.

މަބްރޫކު ވިދާޅުވީ، އެގޮތަށް އިންތިޒާމް ހަމަޖައްސާފައިވަނީ ފަސް ހޮސްޕިޓަލުތަކުގައި ކަމަށާއި އެތަންތަން އިތުރަށް ތަރައްގީކޮށްފައިވަނީ އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދާއެކު ޓެސްޓުކުރުމުގެ އިންތިޒާމާއެކު ކަމަށެވެ. މަބްރޫކު ވަނީ ހޮސްޕިޓަލުތަކާއި އެނދުތަކުގެ ޖުމްލަ އަދަދުވެސް ހާމަކުރައްވަފައެވެ.

ކޮވިޑަށް ފަރުވާދޭ ފަސް ހޮސްޕިޓަލު:

  • ބ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު.
  • ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު.
  • ގއ. އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 12 އައިސޮލޭޝަން އެނދު.
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 23 އައިސޮލޭޝަން އެނދު.
  • ށ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު.

ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތެއްވެސް އަތުވެދާނެ ކަމަށް ބަލައި ހެލްތް މިނިސްޓްރީން ދަނީ މުޅި ރާއްޖެއަށް އަމާޒުކޮށް ފެސިލިޓީތައް ގާއިމް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top