ބޭސް ސިޓީއާ ނުލާ ޒެންޓެކް ބޭސް ނުވިއްކަން އަންގައިފި

190913-zantac-150-ew-1119a_d977d8cda3ed84972c1cbf496124201d-876x584.jpg

މޭ އެންދުމާ ވައިގެ އުނދަގޫތަކަށް ދިވެހިން އާއްމު ކޮށް ބޭނުންކުރަމުން އަންނަ ރެނިޓިޒިން ނުވަތަ ޒެންޓެކް އާއި އޭގެ ޖެނެރިރިކް ބްރޭޏްޑްތަކުން ކެންސަރަށް މަގު ފަހިވާ މާއްދާއެއް ފެނިފައިވާކަމަށް ބުނާތީ ޑޮކްޓަރުގެ ސިޓީއަށް ނޫންގޮތަކަށް އެބޭސް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފި އެވެ.

މި ބޭސް ވިއްކުން އެފްޑީއޭއިން މަނަލެއް ނުކުރެއެވެ. އެކަމާއި ގުޅޭ ގޮތުން އެފްޑީއޭއިން ބުުނީ ރާއްޖޭގައި އެ ބޭސް ވިއްކުން މަނާ ކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ ބޭހުގެ މައްސަލަ ފެންމަތިވި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެފްޑީއޭއިން ބުނެއެވެ.

ޒެންޓެކްއަކީ ބަނޑުގައި އުފެދޭ އެސިޑްގެ އުނދަގޫ ކުރިމަތިވާ ފަރާތްތަކާ އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓި ހިސްޓަމީންއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

އެމެރިކާގެ އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިބާވަތުގެ ބޭހުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހިމެނުނު ނަމަވެސް އެމާއްދާ ހިމެނިފައި ވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ. އަދި ޒެންޓެކްއާއި އޭގެ ޖެނެރިކް ބްރޭންޑްތަކުގެ ބޭސް ބޭނުން ކުރުމުގައި މިހާރު ވެސް މައްސަލައެއް ނެތް ކަމަށާއި ކުރިއެކޭ އެއްގޮތައް މިބޭސް ބޭނުން ކުރަމުން ދިއުން ހުއްޓާލަން ނުޖެހޭ ކަމަށެވެ.

ކެނެޑާ، ފްރާންސްގައި ވަނީ މި ބޭސްތައް މަނާކޮށްފަ އެވެ. އެކަމަކު އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި މި ބޭސްތަކުގެ މައްސަލަ އަންނަނީ އިތުރަށް ބަލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top