”ބ. އެޓޯލް ޕޮލިސް ޔޫރޯ ފެންޓަސީ 2024“ މުބާރާތުގެ ނިމުންފާހަގަކޮށްފި

457671242_903787935115803_3362300534723832365_n.jpg

ބ. އަތޮޅު ޕޮލިސް ރެކްރިއޭޝަން ކްލަބުން ބޭއްވި ”ބ. އެޓޯލް ޕޮލިސް ޔޫރޯ ފެންޓަސީ 2024“ މުބާރާތުގެ ނިމުން ފާހަގަކޮށް ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލު ކޮށްފި އެވެ.

ބ. އަތޮޅު ޕޮލިސް ރެކްރިއޭޝަން ކްލަބުން ބޭއްވި މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުން ބާއްވާފައިވަނީ ރޭ އޭދަފުށި ޕޮލިސް ސްޓޭޝަނުގައި މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ބ. އަތޮޅު ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް އާއި އޭދަފުށި ޕޮލިސް ސްޓޭޝަނުގެ އިންޗާޖް، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ސިމާން ސައީދެވެ.

މި މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ ސާޖަންޓް ސާއިދު އަބޫބަކުރެވެ. ދެ ވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަފްސާމެވެ.

ސްކޯ ޕްރެޑިކްޝަން ބައިގެ 1 ވަނަ ހާސިލުކުރީ ސީނިއާ ސާޖަންޓް ހައްވާ ޔޫސުފެވެ. ދެ ވަނައަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މަދީން އާއި ސީނިއަރ ސާޖަންޓް އަލީ އަމީނެވެ.

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ބޭއްވި މި މުބާރާތުގައި ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ވަނީ  މުވައްޒަފުން ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top