އުރީދޫ ކަސްޓަމަރުންނަށް ހިލޭ ވައިބަރލިބޭ އޮފަރއެއް

Ooredoo.jpg

ދިވެހި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ މައި އެއް ކުންފުނި ކަމުގައިވާ އުރީދޫގެ ފަރާތުން ވަރަށް ޚާއްސަ އޮފަރއެއް ކަސްޓަމަރުންނަށް ހުށަހަޅައިފިއެވެ.

މި އޮފަރގެ ދަށުން އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކުރިއަށް އޮތް 3 މަސްދުވަހު ވައިބާ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ މީހުންނާއި އެކު ޗެޓްކޮށް ސްޓިކާ ފޮނުވައި ފޮޓޯ އަދި ވީޑިއޯވެސް ހިލޭ ހިއްސާ ކުރެވޭނެކަމަށް އުރީދޫން ބުނެއެވެ. އަދި މާރޗްމަހުގެ ތެރޭގައި އުރީދޫ އާ އަލަށް ގުޅޭ ބޭފުޅުންނަށާއި އުރީދޫ ޕްރީޕެއިޑް ނުވަތަ މިކްސް ޕެކޭޖުން ޕޯސްޓްޕެއިޑް ޕެކޭޖަކަށް އަޕްގްރޭޑް ކުރައްވާ ބޭފުޅުންނަށްވެސް މި ފުރުސަތު އޮވެއެވެ.

މީގެ އިތުރުން އުރީދޫން ދަނީ ސޯޝަލްމީޑިއާގައިވެސް މުބާރާތެއް ކުރިއަށް ގެންދަމުންނެވެ.
“mavesqqredhoo# “ ހޭޝްޓެގާއެކު ސެލްފީއަކާ އުރީދޫ ޚިޔާރުކުރެއްވި ސަބަބު ބަޔާންކޮށް ފޭސްބުކް ، ޓްވިޓަރ ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓްކުރެއްވުމުން ސެމްސަންގެ “ގެލެކްސީ އެސް7 ” ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top