ހިމާޔަތް ކޮށްފައިވާ ހަނިފަރު ސަރަހައްދުން އެންދަމައިފި

1934787_1079292462111999_781519419909601012_n.jpg

ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެންދަމަމުން ދިޔަ ދޯނި - ފޮޓޯ : ބަޔޮސްފިޔަ އޮފީސް

ހިމާޔަތްކޮށްފައިވާ ބ.އަތޮޅު ހަނިފަރު ސަރަހައްދުން އޭދަފުށީ ދޯންޏެއް އެންދަމަނިކޮށް އެކަން ހުއްޓުވައި އަދި އެ މައްސަލަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފޮނުވުމަށްޓަކައި ރިޕޯޓް ތައްޔާރުކުރުމަގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފިއެވެ.

ބަޔޮސްފިއާ އޮފީހުން ބުނީ އެދޯނީގެ މީހުން ، އެސަރަހައްދުން އެންދެމުމަކީ މަނާ ކަމެއްކަން ނޭނގޭ ކަމަށް ބުނި ކަމުކަމުގައި ވިޔަސް އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަމުގައެވެ. މީގެ ކުރިންވެސް މި ފަދަ ކަންކަން މި ސަރަހައްދުގައި ކޮށްގެން ނުވާނެކަން އެތައް ބަޔަކަށް އަންގައި ނަސޭހަތް ދެވިފައިވާ ކަމުގައެވެ.

ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ގުދުރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދަކަށްވާތީއެވެ. އެގޮތުންބަލާއިރު އެއީ އެންމެ ގިނައިން ފެހުރިހި ވިހާ ބޮޑެތިވެ އަދި އެންމަޑިވެސް ގިނަ އަދަދަކަށް އުޅޭ ސަރަަހައްދެއްކެވެ. މީގެ އިތުރުން އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މުރަކައާއި އެނޫން ދިރޭ ތަކެތިވެސް އުފެދި އާލާ ވާތަނެކެވެ.

2012ވަނަ އަހަރު ބައޯސްފިއާރިޒާވް ސަރަހައްދެއްގެ ގޮތުގައި ހަނިފަރުސަރަހައްދު ކަނޑައެޅުމާ ގުޅިގެން
މިސަރަހައްދު ބަލަހައްޓަމުން ގެންދަނީ ބަޔޮސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އޭދަފުށީގައި ހުންނަ މި އޮފީހުގެ ޚާއްސަ ހުއްދައެއް ލިބިގެންނޫނީ މިސަރަހައްދަކަށް ނުވަދެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top