މަލާއިކާއާއި އަރްބާޒްޚާން ވަކިވަނީ

Arbaaz-Khan-Malaika-Arora-Khan-Power-Couple.jpg

އަރުބާޒުޚާން-މަލާއިކާ އަރޯރާ

ބޮލީވުޑްގެ ވަރީގެ މޫސުމުގައި އެންމެ ފަހުން އިތުރުކުރެވޭ ދެތަރިންނަކީ މަލާއިކާއާއި އަރްބާޒްޚާން ކަން މީޑިއާ ރިޕޯޓްތައް ބުނަންފަށައިފިއެވެ.

މަލާއިކާއާއި އަރުބާޒުއާ މައްސަލަޖެހި ވަރިވާން އުޅޭކަން މީގެ ހަފްތާތަކެއްގެ ކުރިންވަނީ މީޑިއާއަށް ތިލަވެފައެވެ. އެކަމަކު އަރުބާޒު އަދި މަލާއިކާވެސް ސީދާ މިކަމާބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެފަހުން މިހުރިހާދުވަހު ހިމޭނުންހުރި 42 އަހަރުގެ މަލާއިކާ އިއްޔެވަނީ އަރްްބާޒު ގާތުން ވަރިވާން އުޅޭކަން ހާމަކޮށްފައެވެ.

ވަރީގެ ޚަބަރާގުޅިގެން އަރުބާޒުގެ ބައްޕަ ސާލިމްޚާންއާވެސް ރިޕޯޓަރުންވަނީ ސުވާލުތައް ކުރިމަތި ކުރުވާފައެވެ.

“އަހަންނަކީ ލިއުންތެރިއެއް. އަހަރެންގާތު އެއްވެސް މީހަކު އަހައިގެން ނުވާނެ އެމީހުންގެ ބްރޭކްއަޕްގެ ވާހަކަ. ދަރިންގެ ދިރިއުޅުމުގެ ތެރެއަށް ބާރުފޯރުވުމަކީ އަހަރެން ނުކުރާނެކަމެއް. އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދާއްކާކަށް ބޭނުމެއް ނޫން. ” ސާލިމް ބުނެފައިވެއެވެ.

ސާލިމް މިހެން ބުނެފައިވާއިރު މަލާއިކާގެ މަންމަ ވެސް ވަނީ މިކަމާބެހޭގޮތުން ވާހަކަދެއްކުމަށް ދެކޮޅުހަދާފައެވެ. އޭނާބުނީ ” އެއީ ބޮޑެތިވެފައި ތިބި މީހުންކަމާއި ދިރިއުޅުމުގެ މިކަހަލަ ކަންތައްތަކަކީ އަހަރެމެން ބެހެންވާނެ ކަންކަމެއް ނޫން ކަމުގައާއި ދަރިންގެ ދިރިއުޅުމުގެ އެބާވަތުގެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމުގައެވެ.

މަލާއިކާއާއި އަރުބާޒުއާއި ދެމެދު ޖެހިގެން އުޅޭ އަސްލު މައްސަލަ ނޭނގުނަސް އާއިލާގެ ފަރާތުންވެސް އެކަމަށް ހައްލެއްގެނެވޭތޯ މަސައްކަތްކޮށްފައިވެއެވެ. އެގޮތުން މަލާއިކާގެ ކޮއްކޮ އަމްރީތާވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެެ ގޮތުން މަލާއިކާއާއި އަރުބާޒުއާއި ދެމީހުންނާ ރެސްޓޯރެންޓެއްގައި ބައްދަލުވުމެއް ބާއްވާފައެވެ. އެހެންނަމަވެސް އެކަމުންވެސް ކުރިއެރުމެއްނުލިބި މައްސަލަދިޔައީ ދުވަހުން ދުވަހަސް ގޯސްވަމުންނެވެ. އެންމެފަހުން ދެމީހުންގެ މެދުގައި އަހަރުތަކެއް ކުރިން ފެށިގެން އުފެދިފައިވާ “ތަފާތުވުމެއް” ބޮޑު މައްސަލައަކަށްވެ ވަރިވާހިސާބަށް ދިޔައީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަރުބާޒުގެ ބޭބެ ސަލްމާންޚާންވެސް ވަނީ މަލާއިކާގެ ނިންމުން ބަދަލުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މަލާއިކާ ހުރީ އެއްވެސް ވާހަކައެއް އަޑުއަހާކަހަލަ މޫޑެއްގައި ނޫންކަމަށް ވެއެވެ.

މަލާއިކާ އާއި އަރުބާޒުގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް އަންނައިރު އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ކުއްޖެކެވެ. އެއީ އުމުރުން 13 އަހަރުގެ އަރްހާން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top