މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދޫއަށް

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

މޯލްޑިވިއަންއިން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ރޭ ބުނީ، މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ދަތުރުތައް ކޮންމެ ދުވަހަކު ވެސް ބާއްވާނެ ކަމަށެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ހާއްސަ ފެއާއެއް ތައާރަފުކޮށްފައިވާ ކަމަށާއި މި ފެއާގެ ދަށުން ޓިކެޓެއްގެ އަގު ފެށެނީ 1،111 ރުފިޔާއިން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުތައް ފެށުމާއެކު، މޯލްޑިވިއަންގެ ދަތުރުތައް ރާއްޖޭގެ 18 އެއާޕޯޓަކަށް ފުޅާވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތައް ވައިގެ މަގުން ގުޅުވާލަދީ، ރައްޔިތުންނަށް އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، މި ހިދުމަތުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުން ތައުލީމީ، ސިއްހީ އަދި ވިޔަފާރީގެ އެކި ބޭނުންތަކަށް މާލެއަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، އެ އަތޮޅުގެ ފަތުރުވެރިކަމަށާއި އިގުތިސޯދީ ހަރަކާތްތަކަށް ވެސް މިކަމުގެ ސަބަބުން އާ ދިރުމެއް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top