”ޕްރޭނާ“ގެ 5 ރީތި

erica-fernandes-beauty-tips-m-1.jpg

ސްޓާޕްލަސް އިން ދައްކަމުން ގެންދާ ސިލްސިލާ ޑްރާމާ، ކަސޯޓީ ޒިންދަގީކޭ 2 އިން ޕްރޭނާ ގެ ގޮތުގައި ތައާރަފްވި އެރިކާ ފެނާންޑެސް މަޝްހޫރު ވެފައިވަނީ ހަމައެކަނި ޓީވީ ގެ އެންމެ އަގުބޮޑު އެކްޓްރެސް ގޮތުގައެއް ނޫނެވެ. މި އިންޑަސްޓްރީގެ އެންމެ ރީތި އެކްޓްރެސްގެ ވެސް ގޮތުގައެވެ.

މޮޑެލް ކުރުމުގެ އިތުރުން ޓީވީ ޑްރާމާތަކުން އެންމެ ފުރަތަމަ އޭނާ ފެނިފައިވަނި ”ކުޗްރަންގް ޕިޔާރުކޭ އެއިސާ ބީ އިންނެވެ.

ފާއިތުވި އަހަރުތަކުގައި މޮޑެލް ކުރުމާއި ޓީވީ ޑްރާމާތަކުން ހޯދި ކާމިޔާބާއެކު އެތައް މިލިޔަން ބައެއްގެ ހިތްތަކުން ޖާގަ ހޯދުމުގެ ފަހަތުގައިވަނީ އޭނާގެ ރީތި ކަމެވެ. އެރިކާ ފަދަ ރީތި ހަށިގަނޑަކާއި އެހާމެ ރީތި މޫނެއް ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުން ވާނެއެވެ.

އުމުރުން 27 އަހަރުގެ އެރިކާ ގެ ”5 ރީތި” އޭނާވަނީ 114 މިލިއަން މީހުން ސަބްސްކްރައިބް ކޮށްފައިވާ އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފައެވެ. ތަޖްރިބާ ކޮށްލުން ހިކިހިނެއް ވާނެ ހެއްޔެވެ؟

1. ސިއްހަތަށް ރަނގަޅު ޑައެޓަކާއެކު ވަރަށް ގިނައިން ފެން ބުއިން

ހަށިގަނޑު އެއްވަރެއްގައި ފަލަވިޔަނުދީ ރީތިކޮށް ބެހެއްޓުމުގެ ގޮތުން އަދި ހަންގަނޑު ހިކުނަ ނުދިނުމުގެ ގޮތުން އެރިކާގެ ފުރަތަމަ އާދައަކީ ގިނައިން ފެން ބުއިމެވެ. މަދުމަދުން ގިނަ ފަހަރުއެވެ. އޭނާ ގަބޫލު ކުރާގޮތުގައި ކޮންމެ މީހަކު އާދަކޮށް ކާ އެއްޗެތީގެ އަސަރު މޫނު މަތިން ދައްކާނެއެވެ. އެހެންވެ ކެއުމުގައި ގިނައިން މޭވާ އާއި ފެހިކުލަ ގަދަ ތަރުކާރީ ހިމެނޭ ގޮތަށް އެރިކާ ބޭނުން ކުރަނީ ޕްރޮޓީން ގިނަ ޑައެޓެކެވެ.

2 މޭކަޕާއެކު ނުނިދާނެ

ނިދުމުގެ ކުރިން އެދުވަހު އޭނާ ކޮށްފައިވާ ހުރިހާ މޭކަޕްތައް ދުއްވާލުމަށް ފަރުވާ ތެރިވެއެވެ.

މިއީ ކޮންމެ ކުއްޖަކުވެސް ހަނދާން ކުރަންޖެހޭ ކަމެކެވެ. މޭކަޕް ތައް ދުއްވާލުމަށް ޓޯނަރ އެއް ބޭނުން ކުރުމަށް ފަހު ހަންގަނޑު މަޑުކޮށްކުމުގެ ގޮތުން މޮއިސްޗަރައިޒަރ އެއް ބޭނުން ކުރުމަށް އޭނާ ލަފާދެއެވެ.

3. އެރިކާ ބޭނުންކުރަނީ ގޭގައި ތައްޔާރު ކުރާ ފޭސް މާސްކެއް.

ހަނގަނޑު ގްލޯ ކުރުމަށް އޭނާ ބޭނުން ކުރަނީ ސިއްހީ ގޮތުންވެސް ފައިދާ ހުރި އަގު ހެޔޮ އަދި ފަސޭހައިން ތައްޔާރު ކުރެވޭ ފޭސް މާސްކެކެވެ.

މިއީ ބިޒީކޮށް އުޅޭ މީހުންނާއި މޫނުގައި ބިއްސާއި ބްލެކް ހެޑް ފަދަ އެއްޗެތިން ސަލާމަތް ނުވެގެން އުޅޭ މީހުންގެ މޫނުގެ ހަންގަނޑު އުޖާލާކޮށް ރީތި ކޮށްލުމަށް  ބޭނުން ކުރެވޭނެ ވަރަށް ރަނގަޅު ފޭސް މާސްކެކެވެ. ތައްޔާރު ކުރާގޮތަކީ:

ސައިސަމުސަލެއްގެ ހަނޑުލު ފުށާއި ގްރާމް ފްލާ އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް 2 ސައިސަމުސާ ރޯ ކިރު، 3 ސައިސަމުސާ ޓޮމާޓޯ ޖޫސް އަދި ކުޑަ ލުނބޯ ހުތްކޮޅެއް އަޅައިގެން އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލާފައި މުޅިމޫނުގައި ހޭކުމަށް ފަހު 3 މިނިޓް ވުމުން މޫނު ދޮވެލާށެވެ.

(ބޭސަން ނުވަތަ ގްރާމް ފުލާ އަކީ ހިމުން ކޮށްފައި ހުންނަ މުގު ފުށުވެ. މިއީ މާލޭގެ ބައެއް ސުޕަމާކެޓްތަކުންނާއި ބައެއް ފިހާރަތަކުން އަދި އިންޑިއާ މީހުން ހިންގާ ފިހާރަތަކުން ވެސް ފަސޭހައިން ލިބެން ހުރި އެއްޗެކެވެ.)

4. ދުވާލުގެ ވޯކް އައުޓް ނުވަތަ ކަސްރަތު ކުރުން ހަނދާން ނައްތައެއް ނުލާނެ.

އެރިކާ ބުނީ ކޮންމެ ދުވަހަކުވެސް ވަގުތު ކޮޅެއް ކަސްރަތު ކުރުމަގައި ހޭދަކުރާ ކަމަށެވެ. ހަށިގަނޑު ރަނގަޅަށް ހިންގުވައި ހުރިހާ ވިހައެއް ދުއްވާލައި ސާފު ކުރުމަށް ކަސްރަތު ކުރުން އޭނާ ދެކެނީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައެވެ. މުޅިދުވަސް ތާޒާ ކަމާއެކު ރަނގަޅު މޫޑުގައި ހުރުމަށްވެސް ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް އޭނާ ބުނެއެވެ. މިއީ ޖިމްއަކަށް ނުގޮސް ގޭގައި އެކަނިވެސް ކުރެވިދާނެ ކަމެކެވެ. އެރިކާ ކަސްރަތު ކުރަނީ ގޭގައެވެ.

5. އިސްތަށި ގަނޑަށް ފަރުވާ ދިނުން.

އެރިކާ، އޭނާގެ އިސްތަށިގަނޑަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ގަވާއިދުން އިސްތަށިގަނޑު ކޮންޑިޝަން ކުރެއެވެ. ޑީޕް ކޮންޑިޝަރަނިންގ ހެއަރ މާސްކެއްގެ ގޮތުގައި އާއްމުކޮށް ބޭނުން ކުރަނީ ކާށި ތެލުގެ އުފެއްދުންތަކެވެ.

މި ކަމުގެ ސަބަބުން އޭނާގެ އިސްތަށިގަނޑު އެކި ސްޓައިލްތަކަށް ބަދަލު ކުރުމަށް ބޭނުން ކުރާ ސްޓައިލިންގ ޕްރޮޑަކްޓް ތަކުން ލިބޭ ގެއްލުންތަކުން ސަލާމަތް ވެއެވެ. މީގެ އިތުރުން އިސްތަށިގަނޑު މަޑުކޮށް އޮމާންކޮށް ބޭއްވުމަށް އާދައިގެ ފެނުން ބޯ ދޮވެ “ވައު ސްކިން ސައެންސް” ހެއަރ ކޮންޑިޝަނަރ ބޭނުން ކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top