ފުޓްބޯޅަޓީމަށާ، ރައީސް ދަތުރުފުޅަށް އެއްލައްކަ ރުފިޔާ ހަރަދުކުރަން އޭދަފުށީ ކައުންސިލުން ނިންމައިފި

DSC_00321.jpg

އޭދަފުށި ކައުންސިލް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ރައީސްގެ ދަތުރުފުޅަށާ، އޭދަފުށީ ފުޓްބޯޅަ ޓީމަށް ހަރަދުކުރުމަށް އެއްލައްކަ ރުފިޔާ ކައުންސިލުން ވަނީ ފާސްކޮށްފައި / ފައިލް ފޮޓޯ

މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު އޭދަފުށިން ވާދަކުރާ ފުޓްބޯޅަ ޓީމަށް ބައިލައްކަ ރުފިޔާ އަދި ރައީސް ޔާމީން މިމަހު އޭދަފުއްޓަށް ކުރައްވާ ދަތުރުގެ ތައްޔާރީތަކަށްވެސް ބައިލައްކަ ރުފިޔާ (ދެ ކަމަށް ޖުމްލަ އެއްލައްކަ) ޚަރަދުކުރުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށި ކައުންސިލުން މިގޮތަށް ނިންމީ ހޯމަދުވަހު ބޭއްވި ކައުންސިލްގެ މިއަހަރުގެ 15 ވަނަ އާންމުޖަލްސާގައެވެ. ކައުންސިލުން ހުށައަޅާ ދެމައްސަލައިގެ ތެރެއިން ފުޓްބޯޅަޓީމަށް ޚަރަދުކުރުމަށް ފާސްކޮށްފައިވަނީ ނާއިބްރައީސް މުހައްމަދު ނައުރީފް ހުށައެޅުއްވުމާއެކު، މެމްބަރ ރިޒާގެ ތާއީދު ލިބި، މެންބަރު އަހްމަދު އަފްޒަލްގެ ވޯޓްވެސް ލިބިގެންނެވެ. ރައީސް ޔާމީންގެ ދަތުރުފުޅާއި ގުޅިގެން އެކިއެކި ކަންކަމަށް ޚަރަދު ކުރުމަށް ބައިލައްކަ ރުފިޔާ ފާސްކުރީ މެމްބަރ ރިޒާ ހުށައަޅުއްވައި، ނާއިބްރައީސް ނައުރީފްގެ ތާއީދާއެކު މެމްބަރ އަހްމަދު އަފްޒަލްގެ ވޯޓާވެސް އެކުގައެވެ. މިޖަލްސާގެ ރިޔާސަތުގައި އިންނެވީ ކައުންސިލް ރައީސާ ނާޒްނީން ޔޫސުފެވެ.

ފުޓްބޯޅަ ޓީމަށާ، ރައީސްޔާމީންގެ ދަތުރުފުޅަށް ކައުންސިލުން އެއްލައްކަ ރުފިޔާ ހަރަދުކުރުމަށް ނިންމިއިރު، 2014 ވަނަ އަހަރު ރައީސް ޔާމީން އޭދަފުއްޓަށް ކުރެއްވި ދަތުރުގެ ތައްޔާރީތަކަށް ޚަރަދުކުރުމަށްވެސް އެއްލައްކަ ރުފިޔާ ފާސްކުރިއެވެ. އަދި މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށިން ވާދަކުރި ފުޓްބޯޅަ ޓީމަށް ޚަރަދުކުރުމަށްވެސް އެއްލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top