ބެޑްމިންޓަންގެ ދެބައިންވެސް އޭދަފުށި ސެމީއަށް

0-02-06-fddcd62accc4d5a2d924f04995419ad7b5cf8e665ac5cbdbf2ed87d35466a5f2_501da64d.jpg

ގައުމީ ބެޑްމިންޓަން މުބާރާތުގައި ރޭ އޭދަފުށި ކުޅުނު މެޗުގެ ތެރެއިން -ފޮޓޯ :އިކްރާމް

މިހާރު ކުޅެވެމުންދާ ގައުމީ ބެޑްމިންޓަން މުބާރާތުގައި އަތޮޅު ލީގް އަދި އަދި ސެކަންޑް ޑިވިޜަންގެ ބައިން ރޭ ކުޅުނު ދެމެޗުންވެސް މޮޅުވެ އޭދަފުށި މި މުބާރާތުގެ ދެބައިންވެސް ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގެ އަތޮޅު ލީގުގައި ރޭ އޭދަފުށި ވާދަކޮށްފައިވަނީ ނިއުސްޓާރ އާއެެވެ. މިމެޗު އޭދަފުށި ކާމިޔާބު ކުރީ 4-1 އިންނެވެ.

ސެކަންޑް ޑިވިޜަންގައި ގޯޅި ސްޕޯޓްސް ކްލަބާއި ވާދަކޮށްގެން އޭދަފުށި މޮޅުވެފައިވަނީ 3-2 އިންނެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗު ތަކުގައި މިއަދު ހަވީރު 4:00 ގައި އޭދަފުށި ވާދަކުރާނީ ކީން ސްޕޯޓްސް ކްލަބާއެެ. އަދި މިރޭ 8:00ގައި ކުޅޭ ސެކަންޑް ޑިވިޜަންގެ މެޗަށް އޭދަފުށި ނުކުންނާނީ ހދ. ބީޑީސީ އާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top