މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އޭދަފުށި.jpg

އޭދަފުށި ބަނދަރުމަތި - ފޮޓޯ ؛އޭދަފުށި ވޮއިސް

އޭދަފުށީ ޕޮލިސް ސްޓޭޝަން އިން  މި ޖޫންމަހުގެ 17ވަނަ ދުވަހުހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ އޭދަފުށި ބަނދަރު ސަރަޙައްދުންނެވެ. އެދެމީހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން  އެމީހުން ވަނީ  އެމީހުންގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް މޫދަށް އެއްލާލާފައެވެ.

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން އެއްލާލި ސިނގިރޭޓް ފޮށި ނަގައި ބަލައިފާސްކުރިއިރު އޭގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދެމީހުނަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top