ދަރަވަންދޫ ރައްޔިތުންނަށް މުސްހަފް މާލްދީފް ދޫކުރަން ފަށައިފި

19366440_995533907253311_4642789788927175028_n.jpg

ދަރަވަންދޫ ކައުންސިލުން އެރަށުގެ 15-40 އަހަރާ ދެމެދުގެ މީހުންނަށް މުސްހަފް ދޫކުރަނީ-ފޮޓޯ : ދަރަވަންދޫ ކައުންސިލް

ދަރަވަންދޫ ރައްޔިތުންގެ ތެރެއިން 15 އަހަރާ 40 އަހަރާ ދެމެދުގެ މީހުންނަށް “މުސްޙަފް މާލްދީފް” ދޫކުރަން ފަށައިފި އެވެ.

މުސްހަފް މާލްދީފް އަކީ ދިވެހިންނަށް ޚާއްސަކޮސްގެން ބަހްރޭންގައި ޗާޕްކޮށްގެން ގެނެސްފައިވާ މުސްހަފްތަކެކެވެ.

ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް ކައުންސިލުން މުސްހަފް ދޫކުރަމުން ގެންދާނެ އެވެ.

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ގެނައި 100،000 ކޮޕީ ބަހައި ނިމޭއިރު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީންބުނެފައި ވެއެވެ.

ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތަކާއި ކުރެހުންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި މުސްހަފްތަކަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އުމުރުން 15-40 އަހަރާ ދެމެދުގެ ކޮންމެ ރައްޔިތަކަށް  ހަމަޖެހިފައިވާ އުޞޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top