ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާތީ ހިމޭން އިހުތިޖާޖެއް

image_Uuq6yre6UqyOwVv.jpg

މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަމުންދާ މައްސަލައާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތައް ބައިވެރިވެ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި މިއަދު ހިމޭން އިހްތިޖާޖެއް ކޮށްފި އެވެ

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ޗެނަލް-13ގެ ކެމެރާމަން އަކަށް މުޒާހަރާ ކަވަރުކުރުމުގެ ފުރުސަތު ނުދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާއިރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނެ އެވެ.

އޭގެ ފަހުން ފުލުހުންގެ ބަޔަކު ރެސްޓޯރަންޓަކަށް ވަދެ އެތަނުގެ ތެރޭގައި ތިބި ޗެނަލް-13ގެ މުވައްޒަފުންތަކެއް އެތަނުން ނެރެ އަނިޔާވާ ގޮތަށް އަމަލުކޮށްފައިވަނީ މިޑީއާގެ ފަރާތްތައްކަން އެނގޭނޭ ފަދަ ނޫސްވެރިކަމުގެ ކާޑުވެސް އަޅައިގެން ތިއްބާ ކަމަށް ވެ އެވެ.

އެކަންކަމާ ގުޅިގެން މިއަދު ބައެއް ނޫސްވެރިން ވަނީ ބްރޯޑްކޮމް ކުރިމަތީގައި އިހުތިޖާޖް ކޮށްފަ އެވެ. ޕޯސްޓަރުތަކާއެކު އެ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރީ ވަކި ޗެނަލެއްގެ ނޫސްވެރިންތަކަކަށް ވުމަކީ ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާވާ ގޮތަށް އަމަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އެވެ.

އަދި ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިންގެ މި މުޒާހަރާ ކުރިއަށް ގެންދިޔައީ އެ ސަރަހައްދުގެ ޕޭމަންޓް މަތީގައި ތިބެގެން އިޖުތިމާއީ ގައިދުރުކަމާ އެކުގަ އެވެ.

އެ އިހްތިޖާޖްގެ ބައިވެރިންނަށް އެމްއެމްސީގެ ރައީސް އާއި ބްރޯޑްކޮމްގެ ރައީސް ވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top