ބ.އަތޮޅު ފަސްރަށެއްގެ ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ބާތިލު ކުރުމަށްފަހު އަލުން ބިޑަށް ލައިފި

DSCN4480-800x500-800x500.jpg

ބ.ފުޅަދޫ --އީވީ ފައިލް ފޮޓޯ

ބ.ކުޑަރިކިލާއި ކިހާދުއާއި ދޮންފަނާއި ފުޅަދުއާއި ފެހެންދޫގެ ފެނާއި ނަރުދަމާ އަޅަން ބިޑަށް ހުޅުވާލި މަޝްރޫއު، މިމަހުގެ 15 ވަނަ ދުވަހު ބާތިލު ކުރުމަށްފަހު އަލުން އެމަޝްރޫއު ފަށަން ނިންމައި ބިޑަށް ލައިފި އެވެ.

މި ފަސް ރަށާއެކު އިތުރު އެހެން ރަށްތަކެއްވެސް ހިމެނޭ ހެން މި މަޝްރޫއު، ޑިިޒައިން ބިލްޑް އުސޫލުން ހިންގައިދޭނެ ފަރާތެއް ހޯދަން މިއަދުވަނީ ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައެވެ.

މި މަޝްރޫ އަށް ބިޑްކުރެވޭނީ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގެ ދަށުން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

މި މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ހިމަނައިގެން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަ އެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަ ކުރަން 1.2 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top